ޗައިނާގެ ރަސްމީ ނިއުސް އޭޖެންސީ ޒިންހުއާ އިން ރިޕޯރޓްކޮށްފައިވާ ގޮތުގައި ވެރިރަށް ބެއިޖިންގެ ހުޅަނގު ދެކުނުން ސަތޭކަވަރަކަށް ކިލޯމީޓަރު ދުރުގައި އަލަށް ބިނާކުރެވެމުންދާ ފްލެގްޝިޕް ސިޓީއަކީ މާލީ އިދާރާތަކާއި ރިސާޗް އިންސްޓިޓިޔުޓް ތަކާއި އަދި ޢާންމު ޚިދުމަތުގެ އިދާރާތަކަށް އަމާޒުކޮށްގެން ބިނާ ކުރެވެމުންދާ ސަރަހައްދެކެވެ.
އަދި އެ މަޝްރޫޢު ހިނގަމުންދަނީ ރޭވިފައިވާ ވަސީލަތްތަކާއި އެކުގައިކަމަށްވެސް ބުނެފައިވެއެވެ. އެހެންވީމާ އެ މަޝްރޫޢު ނިމުމާއިއެކު ކުރިން އިޝާރަތްކުރެވުނުމައިސަރުކާރުގެ މުއައްސަސާތަކުގެ މައި އިދާރާތައް މިތަނަށް ބަދަލުވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލެއްވިއެވެ.
ރައީސް ޝީ ޖިންޕިންގެ އަރިހުގައި ސުޕްރީމް ޕޮލިޓްބިއުރޯގެ ޕްރިމިއަރ ލީ ގިއަންގާއި އެމަނިކުފާނުގެ ޗީފް އޮފް ސްޓާފް ކައި ގީ އާއި ވައިސް ޕްރިމިއަރ ޑިންގް ޒުއޭޒިއާން ވެސް ވަޑައިގަތެވެ.
އެބޭފުޅުން އެ ސަރަޙައްދަށް ވަޑައިގަތީ ހައިސްޕީޑް ރޭލެއްގައި 30 މިނިޓްގެ ދަތުރެއް ކުރައްވާފައެވެ.
ބުލޫމްބާރގުން މައުލޫމާތު ދީފައިވާގޮތުގައި ބެއިޖިންގ ކައިރީގައި މީހުން ހައިރާންކޮށްލާވަރުގެ ހައިޓެކް ހަބެއް ފްލެގްޝިޕް ސިޓީގެ ނަމުގައި ބިނާކުރާނެކަމުގެ ވައުދު މިއަދުވެސް ރައީސް ޝީ ޖިންޕިންގ ތަކްރާރު ކުރެއްވިއެވެ. އަދި އެތަނަކީ ސަރުކާރުގެ ވިޔަފާރިއާއި މާލީ އިދާރާތައް ގާއިމްކުރެވިގެންދާނެ ސަރަހައްދެވެ. އެސަރަހައްދުގައި ޝެންގހާއި އާއި ޝެންޒެންއަށް ވާދަކުރެވޭވަރުގެ ޒަމާނީ ދަތުރުފަތުރުކުރުމުގެ ވަސީލަތެއް ވެސް ގާއިމް ކުރެވޭނެއެވެ. ހަމައެއާއެކު ޗައިނާގެ ބޮޑެތި ސިޓީތަކުގައި އެއްގަމު އުޅަނދު ފަހަރު ތޮއްޖެހުމުގެ އުނދަގުލާއި ދުމުގެ ސަބަބުން ވައި ނުސާފެވެގެން ދިއުންވެސް ކުޑަކުރެވޭނެގޮތަކަށް ބިނާކުރެވޭ ނަމޫނާ ޝަހަރެއްގެ ގޮތުގައި ވެގެންދާނެއެވެ. ނަމަވެސް އެ މަޝްރޫއު ހިނގަމުންދާތާ މިހާރު ހަ އަހަރު ވެއްޖެއެވެ. މިދިޔަ ބުދަދުވަހާ ހަމަޔަށް އެމަނިކުފާނު އެ ސަރަހައްދަށް އެ ވަޑައިގަތީ ތިންވަނަ ފަހަރުއެވެ.
ރައީސް ޝީ ޖިންޕިންގ ވިދާޅުވީ ޒިއޯންގަން ސަރަހައްދުގައި އަލަށް މި އިމާރާތްކުރެވެނީ ގައުމީ މަޝްރޫއެއް ކަމަށާއި ނިމިގެންދާންޖެހޭނީ ވަރަށް ފުރިހަމަ ކަމާއެކުގައެވެ. އެއީ ގާތްކަނޑަކަށް 100 ކިލޯމީޓަރުގެ ރާސްތާއެކެވެ.