ތައިވާނާބެހޭ ގޮތުން މެކްރޯން ދެއްކި ވާހަކައަށް ޗައިނާއިން ސާބަސް ދީފި

Loading

April 14, 2023
profile
Facebook
Twitter
WhatsApp


ޔޫރަޕުން ތައިވާނުގެ މައްސަލާގައި އެމެރިކާ ފަހަތުން ދުވަންނުޖެހޭނެ ކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވުމުން ޗައިނާގެ ރަސްމީ ނޫސްތަކުންނާއި ސޯޝަލް މީޑިއާއިން ސާބަސް ދީފިއެވެ. 

އަދި މިދިޔަ ހަފްތާގައި މެކްރޯން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިތައިވާނުންވެސް ބައިނަލް އަގްވާމީ ހަމަތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅުއްވާމެކްރޯން ދެއްކެވި ވާހަކަފުޅު ވެގެން މިދިޔައީ ބައިނަލް އަގްވާމީ މުޖުތަމައާއި ހުޅަނގުގެ ބައިވެރިންނަށް ސިހުންލިބިގެންދިޔަ ވާހަކަފުޅަކަށެވެ. އެދަތުރު ފުޅުގައި މެކްރޯން ވަނީ ރައީސް ޝީ ޖިންޕިން އާ ވެސް ބައްދަލު ކުރައްވާފައެވެ.                                                  

އުމުރުން 45 އަހަރުގެ ރައީސް މެކްރޯނަށް ޗައިނާއިން ލިބިވަޑައިތީ ރޮކްސްޓާރުންނަށް ލިބޭފަދަ ތަރުޙީބެކެވެ. ކިޔަވާކުދިންވެސް ސެލްފީ ނެގުމަށްޓަކައި އެމަނިކުފާނުގެ އަރިހުގައި އޮތީ ތޮއްޖެހިފައެވެ.                 

ޗައިނާގެ ކޮމިއުނިސްޓް ޕާރޓީން ހިންގާ ގްލޯބަލް ޓައިމްސް ނޫހުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ މެކްރޯންގެ ޚިޔާލުފުޅަކީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާ ފިކުރު ކުރެއްވުމަށްފަހު ޔޫރަޕަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ އެއީކަމަށް ދެކިވަޑައިގަންނަވާތީ ހާމަކުރެއްވި ވިސްނުންފުޅެކެވެ. އެހެންނަމަވެސް ކޮންމެވެސް ބަޔަކު އެމީހުންގެ އަމިއްލަ މަސްލަޙަތަށްޓަކައި ޔޫރަޕްގެ އާންމު އަޑުތައް ބަންދުކޮށްގެން ގެންގުޅެނީ ކަމަށެވެ.               

ޗައިނާގެ ރަސްމީ ދުވަހުނޫހުގެ ބްރަސެލްސްގައި ހުންނަވާ އެންމެ އިސްވެރިޔާގެޓްވިޓަރުގައި ވިދާޅުވެފައިވަނީ މެކްރޯން ވިދާޅުވެފައިވާ ޔޫރަޕިއަން ޔޫނިއަންގެ ސްޓްރާޓީޖިކް އޮޓޯނޮމީއާއި އަލަށް ފިނިހަނގުރާމައެއް އުފެދުނަ ނުދިނުމާއި މިކަންކަމަކީވެސް ސާބަސް ދޭންޖެހޭ ވިސްނުމެކެވެ.                                

ޗައިނާއިން އަބަދުވެސް ބުނަމުން ގެންދަނީ ތައިވާނަކީ ޗައިނާގެ ބައެއްކަމަށާއި ކޮންމެވެސް ދުވަހަކުން އެކަން އެގޮތުގެ މަތިން ހަމަޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ޔޫރަޕުން މަސައްކަތް ކުރާތަން ފެންނަނީ ޗައިނާގެ މަގްސަދު ކާމިޔާބު ވިޔަ ނުދިނުމަށެވެ.

މެކްރޯންގެ މި ވިސްނުންފުޅުގައި ޔޫރަޕުން ތައިވާނުގެ މައްސަލާގައި އެމެރިކާއިން ބުނާހާގޮތަކަށް ބޯލެނބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަން ދޭހަވާގޮތަކަށް ވާހަކަފުޅު ދެއްކެވުމުން ޗައިނާގެ މަގްސަދު ޙާސިލުކުރުމުގައި އިތުރު ބާރެއް ލިބުނީ ކަމަށް ސިފަކުރެވެއެވެ. 

ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ ރައްޔިތުން ބޭނުންވާފަދަ އެމީހުންގެ އަމިއްލަ ވެރިކަމެއް އޮތުމަށް ތާއީދުކޮށް ފާޅުގައި މެކްރޯން ވާހަކަފުޅު ދެއްކެވުމުން ބައެއް ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޔޫރަޕަށްވެސް މިހާރު ހެޔޮ ވިސްނުން އެބަ އަންނަކަމަށް ފެންނަމުން ދާކަމަށެވެ. އަދި ތައިވާނުގެ މައްސަލާގައި ފަރަންސޭސިންގެ ސިޔާސަތު އެމެރިކާއާއި އެއްގޮތް ނޫންކަން ހާމަކުރެއްވުމުން ވަރަށް ގިނަ ބައެއްގެ ރުހުން މެކްރޯނަށް ލިބިވަޑައިގަތެވެ.

އެހެންނަމަވެސް ގްލޯބަލް ޓައިމްސްގެ އެޑިޓަރު ދެކިވަޑައި ގަންނަވާ ގޮތުގައި ފަރަންސޭސި ރައީސްގެ ވާހަކަފުޅު ކޮންމެގޮތަކަށް ހުއްޓަސް އެމެރިކާއާއި ޗައިނާއިން އެއްބަސް ނުވެވޭ މައްސަލައެއްގައި ފަރަންސޭސިން އެމެރިކާ ދޫކޮށްލާފައި ޗައިނާގެ ކޮޅަށް ނާރާނެކަން ގަބޫލުކުރަން ޖެހޭނެއެވެ. އެއީ މީގެ ކުރީން އެފަދަ ކަންތައް ވެފައިވާގޮތަަށް ބަލާފައެވެ.                                                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް