ދަރަނިވެރިވެފައިވާ ގައުމުތަކަށް ޗައިނާގެ އެހީ

Loading

Facebook
Twitter
WhatsApp

ރޮއިޓަސް މަޢުލޫމާތު ދޭގޮތުގައި 2008 ން 2021 ށް ތަރައްގީ ވަމުންއަންނަ 22 ގައުމަކުން މަގުހެދުންފަދަ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ދަރަންޏަށް ނަގާފައިވާ ފައިސާގެ ތެރެއިން 240 ބިލިއަން އެމެރިކާ ޑޮލަރު ނުދެއްކިއޮތުމުން އެ ދަރަނި އަދާކުރެވޭނެ ލުއިގޮތަތަކެއް ހޯދާދިނުމަށް ޗައިނާއިން މަސައްކަތްފަށައިފިއެވެ. 

މިފަދަ ދަރަނީގެ ތެރެއިން %80 އިން ސައްތަ ނަގާފައިވަނީ 2016 ން 2021  ގެ ތެރޭގައެވެ. ވޯލްޑް ބާންކުގެ ރިޕޯރޓުގައި ބުނެފައިވަނީ އާންމުގޮތެއްގައި ދަރަނި ނަގާފައިވަނީ މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. އޭގެތެރޭގައި މޮންގޯލިއާ އާއި އާރޖެންޓީނާއާއި ޕާކިސްތާނުވެސް ހިމެނެއެވެ.                                                                

ގައުމުތަކުގެ ތަރައްގީގެ މަޝްރޫއަށް ޗައިނާއިން އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ދަރަނި ދީފައިވީ ނަމަވެސް 2016 ގެ ފަހުން ގިނަމަޝްރޫޢު ތަކެއް ނުހިންގި އަދި ދަރަނި އަނބުރާ ދައްކަމުން ގެންދިއުމަށްވެސް އެފަދަ ބައެއް ގައުމުތަކުން ވަނީ ނުކުޅެދިފައެވެ.                                                        

ޗައިނާއިން އެންމެ ގިނައިން ދަރަނި ދީފައިވަނީ އާރޖެންޓީނާއަށެވެ. އެއީ 111.8 ބިލިއަން އެމެރިކާ ޑޮލަރެވެ. ދެން ޕާކިސްތާނަށް 48.5 ބިލިއަން ޑޮލލަރާއި މިސްރަށް 15.6 ބިލިއަން ޑޮލަރެވެ. އެހެން 9 ގައުމަކަށް ކޮންމެ ގައުމަކަށް އެއް ބިލިއަން ޑޮލަރަށް ވުރެން ތަންކޮޅެއް މަދުން ދީފައިވެއެވެ.                           

އެމެރިކާގެ ބައެއް މާލީ ތަޖްރިބާކާރުން ދެކޭގޮތުގައި ޗައިނާއިން ދަރަނި ދީފައިވަނީ ހަމަޖެހޭ ރަނގަޅު އުސޫލަކުން ނޫނެވެ. އެބޭފުޅުންނަށް ރައްދުދެމުން ޗައިނާއިން ބުނެފައިވަނީ ޗައިނާގެ ދަރަނި ތަކަކީ ދެފުށްފެންނަ އަދި ބައިނަލް އަގްވާމީ ގާނޫނުތަކާއި ދަރަނި ދެވޭ ގައުމުގެ ގާނޫނުތަކުގެ ހުދޫދުގެ ތެރެއިން ހިންގޭ މުޢާމަލާތު ތަކެއް ކަމަށެވެ.

އަދި ދަރަނި ނެގުމަށް އެއްވެސް ގައުމަކަށް ބާރު އަޅާފައި ނުވާނެކަމަށާއި ދަރަނި އަނބުރާ ދެއްކުމުގައިވެސް އެއްވެސް މިންވަރެއްގެ ފިއްތުމެއް ކުރިމަތިކޮށްފައި ނުވާނެކަމަށެވެ.                               

ޗައިނާއިން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި އެއްބަސްވެވޭ ގޮތެއް ހޯދުމަށްޓަކައި ސްރީލަންކާއާއި ގާނާއާއި ޒެމްބިއާ ފަދަ ގައުމުތަކާއެކު މިހާރުވެސް ވާހަކަތައް ކުރިއަށް ދާކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ހާމަކޮށްފައި ވެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް