ސަޢޫދީ ރަސްގެފާނުގެ ދައުވަތު އީރާނުގެ ރައީސަށް

Loading

Facebook
Twitter
WhatsApp


ރޮއިޓާރސް ޚަބަރު ދީފައިވާގޮތގައި އިއްޔެގެ ވަގުތެއްގައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް  އަޒީޒުގެ ދައުވަތެއް އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ދައުވަތަށް މަރުޙަބާ ދަންނަވާ ކަމަށް އީރާނުގެ ރައީސް އޮފީހުން ހާމަކޮށްފިއެވެ. 

އެއީ ރައީސް އިބްރާހިމް ރައީސީ ސަޢޫދީ އެރޭބިޔާއަށް ވަޑައިގަތުމަށް ދެއްވި ދައުވަތެއް ކަމާށާއި އެހެންނަމަވެސް ވަކިތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސަލްމާނުގެ ސިޓީފުޅުގައި މާރޗް 10 ގެ އެއްބަސްވުމާމެދު އުފާފުޅުކުރައްވާކަން ހާމުރައްވާފައިވެއެވެ.        

މި ޚަބަރާބެހޭގޮތުން މަޢުލޫމާތު ސާފުކުމަށް ރޮއިޓާރސް އިން ސަޢޫދީގެ މުވާސަލާތީ އޮފީހާށް ގުޅުމުން އަދި ޖަވާބެއް ލިބިފާ ނުވާކަމަށް ބުނެއެވެ.                                                                

އީރާނުގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ސަޢޫދީއާއިއެކު ޚާރިޖީ ވަޒީރުންގެ ފެންވަރުގައި އިތުރު ވާހަކަދެއްކުމަށް ތިން ތަނެއް މިހާރު ވާނީ ހުށައަޅުއްވައި ދަންނަވާފައެވެ. އެހެންނަމަވެސް އެއީ ކޮން ތަންތަނެއްކަން އަދި ވިދާޅެއް ނުވެއެވެ.                                                          

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބަޙްރައިނާއެކު ގުޅުން ރަނގަޅުކުރައްވަން މަސައްކަތް ކުރައްވާނެކަމަށެވެ. ބަޙްރައިނަކީ ޝިޔާއީން އަޣްލަބިއްޔަތު އޮންނަ ގައުމެއް ނަމަވެސް ވެރިކަމުގައި ތިއްބަވަނީ ސުންނީ ބޭފުޅުންނެވެ. އަދި އީރާނުން ބަޙްރައިންގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަމުން ގެންދާ ކަމަށް އެބޭފުޅުން އަބަދުވެސް ތުޙުމަތު ކުރައްވައެވެ. 

މީގެ ދެމަހެއްހާ ދުވަސްކުރިން ދެ ގައުމުގެ އެމްބަސީއާއި ބެހޭގޮތުންއީރާނާއި ބަޙްރައިންގެ ޓެކްނިކަލް ގްރޫޕަކުން ވަނީ ބައްދަލުކޮށް ދިމާވެފައިވާ ހުރަސްތައް ފާހަގަ ކުރައްވާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެބޭފުޅުންނަށް ފާހަގަކުރެވުނު ކަންތައްތައް ޙައްލުކޮށް ކައިރި މުސްތަގްބަލެއްގައި ދެ ގަމުގެ އެމްބަސީ ހުޅުވިގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ބަހްރައިންގެ މުވާސަލާތީ އޮފީހުންވެސް މިހާތަނަށް އިތުރަށް އެކަމާއި ގުޅިގެން ޖަވާބެއް ދެއްވައިފައެއް ނުވެއެވެ. އެހެންނަމަވެސް ބަޙްރައިނާއި ގަލްފުގެ އެހެން ގައުމުތަކުންވެސް އީރާނާއި ސަޢޫދީގެ ސުލްޙައިގެ އެއްބަސް ވުމާދޭތެރޭ އުފާފާޅުކޮށް މަރުޙަބާ ކިޔާފައި ވެއެވެ.އެހެނީ މިކަމުން ޔަމަންގައި ހިނގަމުންދަ ފަނާކުރަނިވި ހަނގުރާމަޔަށްވެސް ޙައްލެއް ލިބިގެންދާނެކަމަށް ބެލެވޭތީއެވެ.               

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް