އެއްޖިންސުގެ ގުޅުމަކީ އިންސާނުންގެ ހަމަހަމަކަމެއް ނޫން : ޕެނަމާ ސުޕްރީމްކޯޓް

Loading

March 9, 2023
profile
Facebook
Twitter
WhatsApp

އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނި ކުރުމަކީ އިންސާނީ ހަމަހަމަކަންކަމުގައި ގަބޫލު ނުކުރެވޭނެ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ޕެނަމާގެ ސުޕްރީމްކޯޓުން ޙުކުމްކޮށް ދެން އެކަމަށް ޝަރުޢީ ދޮރު ނުހުޅުވޭނެކަން އަންގައި ދޮރު ބަންދު ކޮށްފިއެވެ. އަދި ދެން ކުރިއަށް އޮތް ތަނުގައި އެއްޖިންސުގެ ކައިވެނިތަކަށް ޝަރުޢީ ގޮތުން އާނ ބަސް ހޯދުމުގެ ދޮރު ބަންދުވީ ކަމަށްވެސް އެޙުކުމްގައި ކަނޑައަޅާފައިވެއެވެ.                            

ކައިވެންޏަކީ އެކަމަށް ބޭނުންވާ ބައެއްގެ އެދުމެއްކަމުގައި ގަބޫލުކުރަމެވެ. އެހެންނަމަވެސް އެއީ އިންސާނުންގެ ހަމަހަމަކަން ސާބިތުކޮށް ދެވޭނެ ގަރީނާއެއް ނޫނެވެ. އިންސާނުންގެ ވިސްނުމާއި އަދި ކުރިމަތިން ހާމަވަމުންދާ ހަގީގަތްތައް ކިތަންމެ ވަރަކަށް ބަދަލުވަމުން ދިޔަކަމުގައި ވިޔަސް އެއްޖިންސުން ކުރެވޭ ކައިވެންޏަކީ ގާނޫނީ ހަމަތަކުން ބަލާއިރު ސައްޙަ މުޢާމަލާތެއް ކަމުގައި ގަބޫލެއް ނުކުރެވޭނެއެވެ. ސުޕްރީމް ކޯޓުގެ އެ ޙުކުމްގައި ކަނޑައަޅުއްވާފައިވެއެވެ.                                                       

ޕެނަމާގެ ރަސްމީ ނިއުސްރޫމުން ޚަބަރުދީފައިވާ ގޮތުގައި ސުޕްރީމްކޯޓުގެ ޙުކުމް ބިނާކުރައްވާފައިވަނީ އެގައުމުގެ ގާނޫނު އަސާސީގެ ފެމިލީ ކޯޑުގައި ކައިވެންޏަކީ އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމުގެ ވާސްތާއެއްކަމުގައި ބަޔާންކޮށްފައިވާ ގާނޫނީ ހަމަތަކުގެ މައްޗަށެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ޝަރީޢަތް ހިނގަނުންދިޔަ ދުވަސްތަކުގައި ކޯޓުގެ ބޭރުގައި އެތައްބަޔަކު އެއްވެ ފެމިލީ ކޯޑުގެ އާރޓިކްލް 26 އާ ޚިލާފަށް އެމީހަކު ހިތަށް އެރިގޮތަކަށް ކައިވެނިކުރުން ހުއްދަ ނުކުރަން ފަނޑިޔާރުންނަށް ދަންނަވަމުން ގެންދިޔައެވެ. ފެމިލީ ކޯޑުގެ އާރޓިކްލް 26 ގައި ބަޔާންކޮށްފައިވަނީ ކައިވެންޏަކީ ހަމައެކަނި ފިރިހެނަކާއި އަންހެނަކުގެގުޅުމެއްކަމުގައެވެ.                                     

2022 ވަނަ އަހަރު ޕެނަމާސިޓީގައި މި ކަންތައްގަނޑު ބޮޑުވެގެން އިންސާނީ ޙައްގުތަކަށް ވަކާލާތު ކުރާ ޖަމްއިއްޔާތަކާއި ސަރުކާރާއި އަދި ބަސްވިކޭ އާންމުރައްޔިތުންނާއިއެކު ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވުނުކަމަށްވެއެވެ.                                                         

2018 ވަނައަހަރު އިންޓަރ އެމެރިކަން ހިއުމަން ރައިޓްސް ކޯޓުން ޙުކުމް ކޮށްފައިވަނީ އެއްޖިންސުން ކުރެވޭ ކައިވެނިތަކަކީ އާންމުގޮތެއްގައި ފިރިހެނަކާއި އަންހެނަކު ކުރާ ކައިވެންޏެކޭ އެއްފަދައިން ލެޓިން އެމެރިކާގެ ހުރިހާ މެމްބަރު ގައުމެއްގައިވެސް ރައްޔިތުންނަށް ކަށަވަރު ވެފައިވާ އިންސާނީ ޙައްގެއް ކަމަށެވެ. ޕެނަމާ އަކީވެސް ލެޓިން އެމެރިކާގެ ގައުމެކެވެ. އެހެންވީމާ ސުޕްރީމްކޯޓުގެ ޙުކުމާގުޅިގެން މިއީ ޕެނަމާއިން ޙައްލުކުރަން ޖެހޭނެ މައްސަލައެކެވެ. 

އަދި މިނޫނަސް ދާދި މިދާކަށްދުވަހު ޕެނަމާގެ ނޭޝަނަލް އެސެމްބްލީން ފާސްކޮށްފައިވާ ގާނޫނެއްގައި އެއްޖިންސުން ކައިވެރިކުރާ މީހުންނަށް އެހެންމީހުންގެ ދަރިން އެޑޮޕްޓްކުރުން ވެސް އޮތީ މަނާކޮށްފައެވެ.                                                            

ސެންޓްރަލް އެމެރިކާއިން ކޮސްޓާރިކާގައި އެއްޖިންސުން ކުރާ ކައިވެނި ގާނޫނީ ގޮތުން ސައްޙަ ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި ނަސާރާ ދީނުގެ އިސް ފާދިރީ ޕޯޕް ފްރާންސިސް ދާދި ފަހުން އާންމުކޮށްފައިވާ ޙުކުމެއްގައި ކަނޑައަޅާފައިވަނީ އެއްޖިންސުން ކައިވެނިކުރުމަކީ ޙަރާންކަމެއް ނޫންކަމަށާއި އެކަމަކު އެއީ ފާފައެއް ކަމަށެވެ.

އަދި އެއްޖިންސުން ގުޅުން ހިންގުމަކީވެސް ކުށެއް ނޫންކަމާއި އެހެނަސް އެއީވެސް ފާފައެއްކަމަށް އެސޯޝިއޭޓެޑް ޕްރެސް އަށް އޭނާ ވިދާޅުވިއެވެ. ކުށާއި ފަފާއަކީ ދޭއްޗެއްކަން ދެނެގަންނަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕޯޕް އެވިދާޅުވާ ބަސްފުޅުގެ މާނަ ގިނަ ދީނީ ބޭފުޅުންނަށް ވަނީ އޮޅުން އަރާފައެވެ. އެހެނީ ޙަރާމް ކަމަކަށް ނުވާނަމަ ފާފަވެރިވާނެ ސަބަބާއިމެދުގައެވެ.                                                             

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް