ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުން ބައި އިލެކްޝަނަށް ހުޅުވާލާފައިވާ ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ އިސް ބޭފުޅުންގެ ޓީމެއް ވަޑައިގެންފި އެވެ.
ގުރައިދޫ ދާއިރާއަކީ އަބަދުވެސް ޕީޕީއެމްގެ ތާއީދު ބޮޑު ދާއީރާއެކެވެ.
ގުރައިދު ދާއިރާއަށް ވަޑައިގަތް ޕީޕީއެމް/ޕީއެންސީގެ ޓީމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފުގެ އިތުރުން އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ހިމެނެެއެވެ.
ޕީޕީއެމްގެމެމްބަރު ރިޒާ އަވާހަރަވީ، މެލޭޝިޔާގައި ކެންސަރު ބަލީގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ގުރައިދޫ ދާއިރާއަށް ކުރައްވާ ދަތުރުގައި، އެ ދާއިރާގެ ރަށްރަށުގައި ތިބި ސްޓިއަރިން ކޮމިޓީގެ މެމްބަރުންނާ މަޝްވަރާކޮށްފައިވާ ކަމަށާއި އެ މީހުންގެ ވިސްނުން ހުރި ގޮތް މިއަދު ރަސްމީކޮށް އަންގާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ މަހުގެ 15 ގައި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފައެވެ.
One Response
ރައީސް ޔާމީނު ހުރަގޭގަށް ލިމުން ހާދަ ބަޔަކު މާޔޫސް ވެއްޖެއެވެ. އެހެންވީމާ ޕޕމ ވެސް ލީޑަރުން ތަކެއް ބިނާކުރަން ޖެހޭކަމުގައި ދެކެމެވެ. ރާއްޖޭގައި ހިންގޭ ހުރިހާ ޕާޓީ އަކީވެސް ހަމަ ލީޑަރު ތަސްބީހަ ޕާޓީ ތަކެކެވެ. މޑޕ ވެސް އެވަނީ ހަމަ އެންމެފަހުން އެ ބުރޭންޑަށް ގޮސް ނިމިފައެވެ. ވީމާ މައުމޫނަށް ގޮޅާބޯ ގޮވާ ޖެހީ ހަމަ ސަކަރާތް ގަނޑެއްކަން އެގި ނިމުނީ ނޫންތޯއެވެ.