ބަޚްމޫތު ޝަހަރު ދިފާއު ނުކުރެވިދާނެ – ޔުކްރެއިން

Loading

March 2, 2023
profile
Facebook
Twitter
WhatsApp

ޚަބަރުތަކުން ނުނާގޮތުގައި ބަޚްމޫތު ޝަހަރު ދިފާއު ނުކުރެވި ރަޝިޔާގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފިއެވެ. ރައީސް ޒެލެންސްކީ ވީޑިއޯ މެދުވެރިކޮށް ވިދާޅުވީ އަހަރެމެންނަށް ރައްކާތެރިކަން ހޯދިދާނެ ހުރިހާ ތަނަކާއި ދިފާޢު ވަރުގަދަ ކުރެވިދާނެ ހުރިހާ މަގާމުތަކެއް ރަޝިޔާގެ ސިފައިން ހަލާކު ކޮށްލައިފި ކަމަށެވެ. 

ޔޫކްރެއިންގެ އެއްގަމު ސިފައިންގެ އެންމެ އިސް ކޮމާންޑަރު މިލިޓްރީ ޓެލެގްރާމް ޗެނެލަށް ވިދާޅުވެފައިވަނީ ރަޝިޔާގެ އެންމެ ހުނަރުވެރި ސިފައިން ބަޚްމޫތުގައި ހަނގުރާމަ ކުރަމުން ގެންދާކަމަށާއި ބަޚްމޫތު ޝަހަރު އެއްކޮށްމިހާރު އޮތީ ވަށާލާފައި ކަމުގައެވެ.                        

އިރުމަތީ ސަރަޙައްދު ތަކުގައި ރަޝިޔާ ސިފައިންގެ ޙަމަލާތައް ވަރުގަދަ ކުރަމުންދާއިރު ފެންނަމުންދަނީ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖެހެމުންދާ މަންޒަރެވެ. ޔޫކްރެއިނުން ބަޚްމޫތު ދޫކޮށްނުލާނެކަމަށެ ރައީސް ޒެލެންސްކީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ވިދާޅުވެފައިވީ ނަމަވެސް އޭގެ ދެތިން ހަފްތާފަހުން މިހާރު ވިދާޅު ވަމުންމިގެންދަވަނީ ޔޫކްރެއިންގެ މުޅި ލަޝްކަރު މަރުވެގެންވެސް އެ ޝަހަރު ދިފާއު ނުކުރެވޭނެ ކަމަށެވެ. މިދިޔަ ހަފުތާގައި  ޒެލެންސްކީ ވަނީ ޔޫކުރެއިންގެ ގުޅިފައިވާ ލަޝްކަރުގެ އެންމެމަތީ ކޮމާންޑަރު އޭނާގެ މަގާމުން ކުއްލިއަކަށް ވަކިކޮށްފައެވެ. 

ޑޮނެސްކްގެ އިރުމަތީ ޝަހަރެއް ކަމުގައިވާ ބަޚްމޫތަކީ މިދިޔަ އަހަރު އޯގަސްޓް މަހުންފެށިގެން އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ސަރަޙައްދެވެ.  އެންމެފަހުން ޔޫކްރެއިން މިލިޓްރީން ހާމަކުރި ވީޑިއޯތަކުން ފެންނަނީ އަނދާފައިވާ ޢިމާރާތްތަކާއި މިހާރު އެ ޝަހަރުގެ ދިރިއުޅޭމީހުން ފެންހޯދުމަށްޓަކައި ގަނޑުފެން ތަޅާ މަންޒަރެވެ.

ހަނގުރާމައިގެ ކުރީގައި ހަތްދިހަ ހާސް މީހުން ދިރިއުޅުނު މިޝަހަރުގައި މިހާރު ތިބީ ހަމައެކަނި ހައެއްކަ ހާސް މީހުންނެވެ. ބަޚްމޫތަކީ މާ މުހިންމު ޝަހަރަކަށް ނުވާއިރު ރަޝިޔާއިން އެ ޝަހަރު ހިފިކަމުގައިވިޔަސް މިލިޓްރީގޮތުން މާބޮޑު ބޭނުމެއް ނުހިފޭނެތީ ޔޫކްރެއިންގެ ބައެއް ބައިވެރި ގައުމު ތަކުގެ ދިފާއީ ވުޒާރާއިންނާއި އަދި ގިނަ މިލިޓްރީ އޮބްޒާވަރުންވެސް ގެންދަނީ އެ ޝަހަރުގެ މުހިންމުކަމާއި ދޭތެރޭ ސުވާލު އުފައްދަމުންނެވެ.      

އެމެރިކާގެ އޮފިޝަލުން ވަނަވަރު ސިއްރުކުރުން އެދި ބުނެފައިވާ ގޮތުގައި އެމެރިކާއިން ޔޫކްރެއިނަށް އަންގަމުން ގެންދަނީ އެމެރިކާއިން ފޮނުވާ ބަރު ހަތިޔާރުތަކާއި ޓޭންކުތައް ލިބެންދެން ކޮންމެ ގޮތެއް ހަދާފައިވެސް ހަނގުރާމަ ދަންމާލުމަށެވެ.

އެ ހަތިޔާރުތައް ލިބުމުން ކައުންޓަރ އެޓޭކް ދެވޭނެތީއެވެ. އެހެންނަމަވެސް ޔޫރަޕްގެ އޮފިޝަލުން ދެކިވަޑައިގަންނަވާ ގޮތުގައި ޔޫކްރެއިނަށް ބަޚްމޫތު ދިފާއުކުރުމުގައި ދެނެއް ދެމިއެއްނުތިބެވޭނެއެވެ.

ކޮންމެގޮތެއްގައިވެސް ބަޚްމޫތު ލިބުމުން މުޅި ޑޮންބަސް އެއްކޮށް ރަޝިޔާގެ ބާރުގެ ދަށަށް ގެނެވުނީއެވެ. ޑޮންބަސް އަކީ މިހާރުވެސް ރަޝިޔާގެ ބައެއްކަމުގައި ރައީސް ޕޫޓިން ކަނޑައަޅުއްވާފައިވާ ސަރަހައްދެކެވެ.            

Loading

Leave a Reply

ފަހުގެ އަޕްޑޭޓް