އީރާނުގައި އަލަށް ހުޅުވި އެއަރބޭސް ދައްކާލުމުން މަސްރަޙް ހޫނުވެއްޖެ

Loading

February 10, 2023
profile
Facebook
Twitter
WhatsApp


އީރާނުގެ ފުރަތަމަ ބިމުއަޑީގެ އެއަރބޭސް އީގަލް 44 މި މަހު 8 ވަނަދުވަހު ދައްކާލައިފިއެވެ. އީރާނުގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި އެތަނުގައިފައިޓަރ ޖެޓާއި ދުރުރާސްތާ ކުރޫޒް މިސައިލް ފުރިހަމައަށް ރައްކާ ކުރެވޭނެއެވެ.    

އެއަރބޭސް ހުޅުވުމުގެ ރަސްމިއްޔާތުގައި އީރާނުގެ ސިފައިންގެ އިސް ވެރިންނާއިއެކު ސިފައިންގެ އެންމެ އިސްވެރިޔާ  މޭޖަރ ޖެނެރަލް މުޙައްމަދު ބާޣޭރީ އާއި ސިފައިންގެ ކޮމާންޑަރ މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ ބައިވެރިވެ ވަޑައިގަތެވެ. އެއަރބޭސްގެ ވަސީލަތްތަކުގެ އިތުރުން އެތަނުގެ ސަބަބުން އިސްރާއީލަށް ހަމަ ނިދި ނުލިބޭނެ ބަހުރުވައަކުން އެބޭފުޅުން ވާހަކަ ދެއްކެވިއެވެ.                                         

މޭޖަރ ޖެނެރަލް ބާޣޭރީ ރަސްމީ ޓީ. ވީ. ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ “ އަހަރެމެންނަށް ދުޝްމަނުން ދޭ ކޮންމެ ޙަމަލާއެއްގެ ރައްދު ވަރުގަދަ ޙަމަލާއެއްބިމުއަޑީގައި މި ގާއިމުކުރެވުނު އީގަލް 44 އެއަރބޭސް އިންނާއި އަހަރެމެންގެ އެހެން އެއަރބޭސްތަކުން މިހާރު ދެވޭނެކަމަށެވެ.“  އީރާނުން މިހެން ބުނެފައި މިވަނީ ކެމްޕޭނު ދުވަސްވަރުން ފެށިގެން ބެންޖާމިން ނަތަންޔާހޫގެ ހަރުކަށި ވަޢުދުތައް އިރާނަށް އަމާޒުވެފައިވާ ދުވަސްވަރެއްގައެވެ.                               

އީރާނުގެ ދިފާއިން ތަޖްރިބާކާރުން ވިދާޅުވީ މި އެއަރބޭސް އަކީ އީރާނުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެތައް ދުވަހަކުއްސުރެން ކުރެވެމުން އަންނަ މަސައްކަތުގެ ސިލްސިލާގައި ހިމެނުނު ބޮޅެކެވެ.   

ފައުންޑޭޝަން އޮފް ޑިފެންސް ޑިމޮކްރެސީގެ ވަރަށް އިސްބޭފުޅަކު ވިދާޅުވީ ދުރުރާސްތާ ޙަމަލާތަކާއި އަދި ޑްރޯންގެ ޙަމަލާތަކުގެ ބިރުވެރިކަން އީރާނުގެ ވެރިންނަށް ވަރަށްރަނގަޅަށް ތަސައްވުރުކުރެވޭ ކަމަށެވެ. އަދި ހަމައެފަދައިން އީރާނުގެ މިލިޓްރީ ގާބިލުކަމަކީ އެ ސަރަޙައްދުގެ އެހެން ގައުމުތަކުންވެސް ކަންބޮޑުވާ ކަމެއްކަން އީރާނަށް އެނގެއެވެ.

މިހާރުވެސް ދޭތެރެ ދޭތެރޭން ސީރިޔާގައި އިސްރާއީލާއި އީރާނުގެ ނުސީދާ ޙަމަލާތަކެއް ދަނީ މެދުނުކެނޑި ހިނގަމުންނެވެ. ފަލަސްތީނުން މި ކުރިމަތިލުންތަކަށް ދީފައިވާ ނަމަކީ “ ހަނގުރާމައިގެ ކުރިން ކުރެވޭ ހަނގުރާމަ “ މިހެންނެވެ.                                               

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް