އިންޑިއާގެ ތެޔޮ ކާރުޚާނާތައް އެމެރިކާ ޑޮލަރާ ދުރަށް

Loading

February 9, 2023
profile
Facebook
Twitter
WhatsApp


ބަރާތު ޕެޓްރޯލިއަމް އާއި ރިލަޔަންސް އިންޑަސްޓްރީޒް އަދި ނަވާރާ އެނަރޖީއިން ރަޝިޔާގެ ތެޔޮ ގަތުމުގެ މުޢާމަލާތް ތަކުގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް ޔުނިއިޓެޑް ޢަރަބް އިމެރޭޓްސްގެ ދިރްހަމް ޚިޔާރުކުރިކަން އެނގިވަޑައިގަންނަވާތޯ ބުލޫމްބާރގް އިން އިންޑިއާގެ ތެލާބެހޭ ވަޒީރު ހަރްދީޕް ސިންގް ޕޫރީ އަށް ދެންނެވުމުން ޖަވާބުގައި ވިދާޅުވީ ރަސްމީ ޙައިސިއްޔަތުން އެނގިވަޑައި ނުގަންނަވާ ކަމުގައެވެ. 

އެހެންނަމަވެސް އިންޑިއާއިން ތިޔަ މައްސަލާގައި އެހެން ގައުމުތަކާއެކުވެސްވާހަކަދައްކަން އޮތީ ތައްޔާރަށްކަމަށެވެ. އިންޑިއާގެ ވިޔަފާރީގައި މުދަލުގެ ބާވަތްތަކާއި ގުޅިގެން ބޭނުންކުރާނެ ފައިސާއެއް އިޚްތިޔާރު ކުރުމުގައި ވިޔަފާރިވެރިން ބޭނުންވާގޮތް އެއީ ގޮތްތައް ނިންމުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭނެ ކަމެއް ކަމަށެވެ.                                                             

އިންޑިއާގެ ވިޔަފާރީގައި ޚާއްސަކޮށް ތެލުގެ ވިޔަފާރީގައި އެމެރިކާ ޑޮލަރާއިދުރުވުން އިޚްތިޔާރު ކުރުމަކީ ދުނިޔޭގެ ބިޔަ ބަޒާރަކުން އެމެރިކާ ޑޮލަރު ފަހަތަށް ކޮއްޕަން ކުރާ މަސައްކަތެއް ކަމުގައި ބަލާގަންނަން ޖެހެއެވެ. 

މިދިޔަ އަހަރު ފެބްރުއަރީގައި ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ޑޮލަރުގެ ބާޒާރުން މޮސްކޯ ވަނީ އެކަހެރި ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މޮސްކޯއަށް މަޖްބޫރުވީ ޗައިނާގެ ޔުއާންގެ ބޭނުން ކުރުން ފަދަ އެހެން ގޮތެއް ހޯދާށެވެ. 

މިހެންވެފާ ވަނިކޮށް ޔޫރަޕިއަން ޔޫނިއަނުން ރަޝިޔާގެ ތެޔޮ ކަނޑުމަގުން ބޭރުކުރުމުގެ މަގު ބަންދުކުރުމާއެކު އިންޑިއާގެ ބިޔަ ބާޒާރު ރަޝިޔާގެ ތެލަށް ހުޅުވިގެން ދިޔައީއެވެ. އަދި ރަޝިޔާއާއި ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ މިއީ އިންޑިއާއަށްވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތްތަކެއް ހުޅުވިގެން ދިޔަދިއުމެއް ކަމުގައިވިއެވެ.                                          

އެމެރިކާ ޑޮލަރުގެ ބަދަލުގައި ދިރްހަމް އިން އަގުއަދާކުރަން ތެލުގެ ވިޔަފާރީގެ މުޢާމަލާތުތަކަށް މަގު ފަހިވެގެން ދިއުމަކީ އިންޑިއާއަށާއި ރަޝިޔާއަށްވެސް ވަރަށްބޮޑު ލުއި ފަސޭހައަކަށް ވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް އެމިރޭޓްސް އާއި ރަޝިޔާގެ އެކުވެރިކަން ބަދަހިވެގެން ދާތަން ދުށުމަކީ އެމެރިކާގެ ލޮލަށް ފަސޭހަ ކަމަކަށް ނުވެއެވެ.                                                              

އެމެރިކާ ޑޮލަރާ ދުރުހެލިވުމަށް ދުނިޔޭގެ ބާޒާރުގައި އެހެން ފިޔަވަޅުތަކެއްވެސް އެޅެމުން އެބަދެއެވެ. އޭގެތެރޭގައި ބްރިކްސް ގައި ހިމެނޭ ގައުމުތަކުން އަލަށް ރިޒާވް ކަރަންސީއެއް ކަނޑައެޅުމާއި ބެހޭގޮތުން ޗައިނާއާއި ރަޝިޔާއިން ކުރަމުންގެންދާ މަޝްވަރާތަކާއި އީރާނާއި ރަޝިޔާއިން ރަނުގެ މައްޗަށް ބިނާކޮށް ކްރިޕްޓޯ ކަރެންސީއެއް ކަނޑައެޅުމާއި ބެހޭ މަޝްވަރާތައް ފާހަގަކޮށްލަން ޖެހެއެވެ.                                   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް