ފުއްގިރި މައްސަލަ: ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ

Loading

Facebook
Twitter
WhatsApp

ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަވާނެ ކަމުގައި ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ. ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ އެ އަޑުއެހުން އޮންނާނީ މާދަމާ 13:00 ގައި ކަމަށެވެ. 

ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާރ ކުރެއްވި ކަމަށް ބުނެއެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. މި މައްސަލަ އޮތީ މިހާރު އިބްތިދާއީ މަރުހަލާގައެވެ.

މި މައްސަލައިގައި ދެން ދަޢުވާ ކުރަނީ މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ.

ދަޢުވާގައިވާ ގޮތުން ރައީސް ޔާމީން ފައިސާ ނެންގެވީ މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާ މެދުވެރިކޮށެވެ. މަނީ ލޯންޑާރ ކުރައްވާފައިވަނީ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓް ބޭނުން ކުރައްވައިގެންނެވެ.

ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވ.އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިިސާ ލޯންޑާ ކުރެއްވިކަމަށް ސާބިތުވާ ކަމަށް ނިންމަވައި އިއްވެވި ޙުކުމެކެވެ. ރައީސް ޔާމީންގެ މައްޗަށް އެ ޙުކުމް އިއްވެވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ފޮޓޯ: ޢަދަދު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް