ހޯރަފުށި ކައިރިން ހަ ފޫޓުގެ ކިނބުލެއް

Loading

January 21, 2023
profile
Facebook
Twitter
WhatsApp

ހއ.ހޯރަފުށި ކައިރިން ހަ ފޫޓު ދިގުމިނުގެ ކިނބުލެއް އަތުލައިގެންފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހައެއްކަ ފޫޓު ދިގުމިންހުރި ކިނބުލެއް ފެނުނީ ހޯރަފުށްޓާ އެއްފަޅެއްގައި އޮންނަ އުނގުލުފިނިޅާއި ހުވަހަންދޫ ދޭތެރެއިން ކަމަށެވެ.

ކިނބޫ ފެނިގެން އެކަން ރިޕޯޓުކުރުމާ ގުޅިގެން އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރޮންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުންޏެވެ.

މީގެ ކުރިން ރިސޯޓެއް ތަރައްގީކުރަމުން އައި ކ.ބޮލިދުއްފަރު ކައިރިން 14 ފޫޓު ދިގުމިންހުރި ކިނބުލެއް ފެނިފައިވެއެވެ. އެ ކިނބޫ ހިފުމަށްފަހު ބޭރު ކަނޑަށް ވަނީ ދޫކޮށްލައިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް