އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބާއްވާނީ ކުޑަ ގޮޅީގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ނޫނީ މި ގައުމު ދެކެ ލޯބިވާ ލީޑަރެއް ރާއްޖޭގައި ނެތް ކަމަށެވެ.
”ރައީސް ޔާމީން ވިދާޅުވަނީ ނިކަން ގަދަކޮށޭ މި ހުންނަވަނީ. މި ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫއެއް ނުޖައްސަވާނަމޭ“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި މި ސަރުކާރުގެ ބޭފުޅުން ރާއްޖެ އިން ބޭރަށް ފިލައިގެން ދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އެ ބޭފުޅުންގެ މައްސަލަތައް ބަލައި އިންސާފުގެ ގާއިމު ކުރައްވާނެ ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ފުލުހުން ކިޔަމަން ވާން ޖެހޭނީ ޣައްދާރަކަށް ނޫނެވެ. ތެދުވެރިވާންވީ ގައުމަށް ކަމަށާއި ވަފާތެރިވާންވީ އިސްލާމް ދީނަށް ކަމަށެވެ.
2 Responses
ތި ސްޓައިލް އެބަޖެހޭ މިގައުމުން ނިމެން. ވެރިންނަށް ތިބޭ މީހުން ވެރިކަމުގެ ބާރުގައި ހުށްޓާ މައްސަލަތައް ބެލޭނެގޮތަކަށް ގާނޫނުން ބާރުލިބިގެނ މައްސަލައޮތިއްޔާ ބަލަން. ވެރިކަން ނިމުމުން ކޮންމެ ރައީސްއަކު ޖަލަށް ލާން އިންދާލަން މީ ޖަނަވާރުގެ އުސޫލެވެ. އަދުރެވެސް ތަންކޮޅެއް ރިޕޯމްވާށެވެ. އެހެނީ ޕޕއެމްގައި ގުންޑާއިންނަށްވުރެ ގިނައީ ކޮންމެވެސް ވަރެއްގެ ރެސްޕެކްޓެބްލް އާންމުންނެވެ. އިބޫ ކުޑަގޮޅިއަށް ލާން ގޮވައިގެން ތިހޯދާ ސަޕޯޓަކީ ފޭކް އެއްޗެކެވެ.
އަދުރޭގެ ވަށައިގެން ބަލާލާފައި ކައިރީގައިތިއްބެވީ ކޮންބޭފުޅުންނެތްކަން ފާހަގަކުރެވޭނަމަ ދެއްކޭ ވާހަކަ ބަދަލު ވާނެއެވެ. މަށަށް މަ ފެނުނީމާ މަ ނޫން އެހެންތަނެއް ނުފެންނަނީއެވެ.