ތަފާތު ވައްތަރުގެ ގަހާއި ގަސްކާނާ ވިއްކުމަށް މާލެ ސިޓީ ކައުންސިލުން ފިހާރައެއް ހުޅުވައިގެން އުޅޭތީ އެ ކައުންސިލާއި ދެކޮޅަށް ފިޔަވަޅު އަޅަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މާލޭ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅަން ނިންމީ ސިޓީ ކައުންސިލުން ކުރާއެ ވިޔަފާރިއަކީ ރަޖިސްޓްރީކޮށްގެން ވިޔަފާރި ހުއްދަނަގައިގެން ކުރާ ވިޔަފާރިއެއްނޫންކަމަށެވެ.
މާލޭގެ ކާނިވާ ސަރަހައްދުގައި ”މާލެ ފެހި“ގެ ނަމުގައި ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވީ މިމަހުގެ އަށްވަނަ ދުވަހު އެވެ. މިފިހާރަ ހުޅުވައި ދެއްވުމަށްފަހު ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫއުއެއް ކަމަށާ އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ މީހުންނަށް ވެސް އެފުރުސަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ސިޓީ ކައުންސިލުން އެ މިނިސްޓްރީގައި ހުއްދަ ނެގުމަކާއި ނުލައި ފިހާރައެއް ހުޅުވައިގެން އުޅޭތީ އެކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އަދި ސިޓީކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވާނަމަ ހުއްދަނަގައިގެން ވިޔަފާރިކުރެވޭނެކަމަށާ ހުއްދަނުނަގާ ވިޔަފާރިކުރާނަމަ އާންމު އުސޫލުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ސިޓީކައުންސިލުން ވިޔަފާރިކުރުމަށް ހުޅުވާފައިވާ ފިހާރައަށް ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ސިޓީ ކައުންސިލްގެ އެ ވިޔަފާރި ހުއްޓުވަން ޖެހޭ ކަމުގައި ވިދާޅުވެފައި ވަނިކޮށެވެ.
One Response
މާލެ އަތުލާފައި ކަލޭމެންގެ ވިޔާފަރި ކުންފުނި އެޗެ.ޑީ.ސީ އަށް ދޭށެވެ. އޭރުން ދެން ނިމުނީނޫންތޯއެވެ. ކުރީގަ ކާލީ ހުޅުމާލެ. މިފަހަރު ގުރޭޓަރ މާލޭއޭރިއާ ދެން 2023 އިލެކްޝަން ނުގެއްލެނީސް މާލެ ވެސް ކާލާށެވެ. ކަލޭމެންގެ ޖެއްސުން ރައްޔަތުންނަށް މުސީބާތަކަށް ވެއްޖެއެވެ.