ގއ. ގެމަނަފުއްޓާއި 50 މޭލު ދުރުން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ގއ.ގެމަނަފުށީގައި ދުއްވާ ”ދޮންދީދީީ“ މަސް ދޯނިން މަހަށް ގޮސް އުޅުނު އެރަށު މުހައްމަދު ވަސީމެވެ.
އުމުރުން 53 އަހަރުގެ ވަސީމް މަރުވެފައިވަނީ މިއަދު މެންދުރު ފަހު 2:30 ހާއިރުއެވެ.
ކޯސްޓްގާޑުން މިހާރު އަންނަނީ ވަސީމްގެ ހަށިގަނޑު ގއ. ގެމަނަފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ