ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންހެންކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖު ފޮނުއްވާފައިވަނީ އެމްޑީ އަލަމްގިރި ކައިރިއަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަޑައިގެންނެވިކަމަށް ބުނެ މީހަކު ކުރިޓުވީޓެއް އެ ގުރޫޕުގައި ހިއްސާކުރައްވައި އެއީ ތެދެއްތޯ ނާޝިޒުގެ އަނބިކަނބަލުން އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެން ސުވާލުކުރެއްވުމަށްފަހުއެވެ.
އެ މެސެޖަށްފަހު ރައީސް ނަޝީދު ވަނީ ފޮޓޯ ތިބި އެންމެން ހިމާޔަތްކޮށްފައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރީ ކީއްވެތޯ ރައީސް ސޯލިހު ކައިރިން އައްސަވަން ބޭނުންފުޅުކަމަށް ވިދާޅުވެފައެވެ.
އެއާޖެހިގެން ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހު ޒިނޭކުރިކަމުގެ ތުހުމަތު ކުރައްވައިފައެވެ. އަދި ރައީސް ސޯލިހު ބަދުއަހުލާހީ އަމަލު ހިންގާ ފޮޓޯތައް ފުލުހުގައި ފޮރުވީތޯވެސް ނަޝީދު ސުވާލުކުރެއްވިއެެވެ.
”އަންހެންކުއްޖަކާއެކު ރައީސުލްޖުމްހޫރިއްޔާ ޖިންސީ ގުޅުންހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް މީހަކު އަޅުގަނޑަށް ފޮނުވާފައިވޭ. އެ ފޮޓޯތައް ފުލުހުންނަށް ފޮނުވަން ވީތޯ“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތީ ދެންމެ ކަމަށެވެ. ހަމަ ވަޑައިގަތުމާއެކު އެ ފޮޓޯތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޖިންސީ ގުޅުންހިންގާފައިވަނީ ވަރަށް ގާތް އާއިލީ ރަހުމަތްތެރިއެއްގެ އަންހެން ދަރިއާކަމަށް ވިދާޅުވެ ނަޝީދުށ ވިދާޅުވީ އެ ކުއްޖާގެ ހާލަތާމެދު ހިތާމަކުރައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ މި ތުހުމަތުތަކަށް ރައްދުދެއްވައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އެ ވަޓްސްއަޕް ގުރޫޕަކީ އެމްޑީޕީގެ ރަސްމީ ގުރޫޕެއް ކަމަށާއި، އެއްވެސް އަސާސެއް ނެތް ތުހުމަތުތައް އެ ގުރޫޕުގައި ނުކުރެއްވުމަށް ދަންނަވާ ކަމަށެވެ. އަދި އެ ތުހުމަތުތަކީ ކޮންމެހެން ފެންމަތިކުރައްވަންޖެހޭ ތުހުމަތުތަކެއްކަމަށް ނަޝީދު ގަބޫލުކުރައްވާނަމަ އެ ތުހުމަތުތައް ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދަވަންވެސް ވިދާޅުވިއެެވެ.
ރައީސް ސޯލިހަށް ކުރާ ޒިނޭގެ ތުހުމަތުތައް ރައީސް ސޯލިހު ވަނީ ދޮގުކުރައްވައިފައެވެ. އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.
ބަންގުލަދޭޝް ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުންހިންގި ވީޑިއޯއެއް ޖޫން މަހުގައި ލީކުވި މައްސަލާގައި އޭނާ ހައްޔަރުކުރީ އިއްޔެ އއ.އަތޮޅު ރިސޯޓެއްގައި ހުއްޓައެވެ.. އޭނާގެ ބަންދަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ކޯޓުންވަނީ ހަތް ދުވަސް ޖަހައިފައެވެ.
ނާޒިމް ހައްޔަރުކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ނަޝީދު ވަނީ، ރައީސް ސޯލިހުގެ ސަރިކާރުން ނާޒިމް ހައްޔަރުކުރީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށެވެ.
One Response
ލިބުނު ފޮޓޯތައް ހުށައަޅަން ޖެހޭނީ ފުލުހުންނަށް. ވަޓްސްއެޕް ގުރޫޕަށް ހުށައެޅީމާ އެއީ ޒާތީ ހަސަދައެއް ފިލުވާލަނީކަމުގައި ބޮޑަށް ބެލެވެނީ.