ހިންނަވަރުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައިފި

Loading

Facebook
Twitter
WhatsApp

ޅ. ހިންނަވަރުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ހިންނަވަރުގައި އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށާ މި ބަނގުރާ ހޯދައިފައިވަނީ އެ އޮޕަރޭޝަނުގައި ކަމަށެވެ.

އެ  އޮ އެ އޮޕަރޭޝަނުގައި، ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

  އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރުމުގެ ތެރެއިން 34 ފުޅި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް މި އޮޕަރޭޝަނާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުހުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް