ށ. ކަނޑިތީމުގައި އެއް އަހަރުގެ ތުއްތު ފިރިހެން ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެ ކުއްޖާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
ފުލުހުން ބުނީ ކަނޑިތީމުއި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 6:30 ގައި ލިބިފައިވާ ކަމަށެވެ. އަދި އެ ތުއްތު ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ތުއްތުކުއްޖާ މަރުވެފައިވަނީ ގެބިގެންނެވެ. އަދި އެކުއްޖާ ފެނުމާއެކު ރަށު ސިއްޚި މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް އޭގެ ކުރިން އެކުއްޖާގެ މަރުފައިވާ ކަމަށްވެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.