ބޮޑު ތާއީދަކާއެކު ފައްޔާޒު ބޭނުންވެލެއްވިގޮތަށް އިންތިހާބު ފަސްކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ބޭނުންވެލެއްވިގޮތަށް ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ނިންމާފައި އޮތް ތާރީހު ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

 

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަށް ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ޓީމުން އެދެނީ އެހެން ތާރީހަކު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ޗެއާޕާސަންކަމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ބޭނުންފުޅުވީ ތާރީހް ލަސްނުކޮށް އިންތިހާބު ބޭއްވުމަށެވެ.

ގިނަ މެންބަރުން ބަހުސް ކުރިއަށްގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި ނިންމީ ފައްޔާޒު ބޭނުންފުޅުވި ގޮތަށެވެ.
ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ހުށައެޅުއްވީ 14 މެއި ގައި އިންތިހާބު ބޭއްވުމަށެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ. ގައުމީ މަޖިލީހުގެ 115 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އިންތިހާބު ފަސްކުރަން ފެންނަ ކަމަށް 100 މެންބަރުން ވޯޓް ދެއްވިއެވެ. ވޯޓް ނުދެއްވާ ތިއްބެވީ 15 މެންބަރުންނެވެ.

މި ބައްދަލްވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިންތިހާބު ފަސްކުރަން ޖެހޭ ކަމަށެވެ.

”މި އިންތިހާބު ބޭއްވެން ބާއްވަން ވާނީ މި ޕާޓީގެ ގިނަ މެންބަރުންނަށް ވޯޓްލެވޭނެ ގޮތަށް ރަމަޟާން މަހު ނޫން އަދި ވަގުތު ލިބިގެން އަސާސީ ގަވާއިދުގައިވާ 60 ދުވަހުގެ މުއްދަތު ލިބިގެން،“ ފައްޔާޒު ވިދާޅުވިއެވެ.

ރޭގެ ބައްދަވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރާއި އެކުކަމަށާއި އަންނަ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބުކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ސަރުކާރު ހިންގަން މަޖިލީހުގެ ތެރެއިން ހުރަސް އަޅުއްވަމުން ގެންދަވާ މަންޒަރު ފެންނަކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ އިންތިހާބުގެ ތާރީހު ފަސްކުރަން ތާއީދު ނުކުރައްވާ ކަމަށާ ގައުމީ މަޖިލީހުން ނިންމި ނިންމުމެއް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

”އަޅުގަނޑު ބޭނުމެއް ނޫން އިންތިހާބު ފަސް ކުރާކަށް. އަޅުގަނޑު އެދެނީ މީގެ ކުރީން ވެސް ކޮމެޓީން ކަނޑައެޅި ތާރީހުގައި އެއީ ރަމަޟާން މަހުގެ ދުވަހެއްކަން އެނގިތިއްބަވާ ކަނޑައެޅުއްވި ތާރީހުގައި ބޭއްވުން ނޫނިއްޔާ އަވަސްކުރާ ކަމަށް ވަނީވިއްޔާ އަޅުގަނޑު އިއުތިރާޒެއް ނެތް. ލަސްކުރާ ކުރުމަށް އިންކާރު ކުރަން،“ އިމްތިޔާޒު ވިދާޅުވިއެވެ.

 

Loading

One Response

  1. އަންނި އެބުނާ އެމްޑީޕީގެ ބުރޯ ގަދަވީތާއެވެ. ޕޕއެމް ބުރޯ އަކީ ތިމަންނަ އެޕާޓީއާއި އެވެރިކަން ހަލާކުކޮށްލުމަށް އިންދި ފަންޏެކޭ ބުނި ހަނދާން ހުންނާނެބާއެވެ. މިއަދު އެމްޑީޕީ އުފެއްދުމަށް އަދި ޖާނާއި މާލުން ގުރުބާންވި ގިނަބަޔަކަށް އަންނި ލަނޑުދީ ޕާޓީ ޙިސޯރުކޮށް ޖެހިކުޅިގަނޑު އެގޮވަނީ އަތަށެވެ. މީހާގެ ސައިޒް މީހާއަށް އޮޅުނީމާ ދެން އޮއްސޭނީއެވެ. އަންނިގެ އޮފް އެކެނޑެނީއެވެ. އަންނިވަނީ އޭނާގެ ގޮޅާބޯގެ އޮފްވެސް ޒަމާނެއްގައި ކަނޑާލާފައެވެ. އެއީވެސް އެހެން މީހުންނަށް ނަފުރަތު ލައިދީގެނެވެ. އަބަދުވެސް އޭޓީއެމް ކާޑްގެ ބުރަދަން ބޮޑުވާނެއެވެ. މިއަދު އެމްޑީޕީއިން އެ ފެންނަނީ އެބުނާ ބުރޯ ގުރޫޕްގެ ބާރެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް