ރަޝިޔާ އިން ޔޫކްރެއިންއަށް އެރުން: ގެއްލުން ބޮޑު ހަނގުރާމައަކަށް ވެގެންދާނެ

Loading

Facebook
Twitter
WhatsApp

ރަޝިޔާއިން ޔޫކްރެއިން އަށް އަމާޒުކޮށް ހަމަލާދޭން މިދިޔަ ބުދަ ދުވަހު ތައްޔާރުވެފައި ވުމާ ގުޅިގެން، ޔޫކްރެއިންގެ ރައިސް ވޮލޮޑިމީރް ޒެލެންސްކީ ގައުމާ މުޚާޠަބު ކުރައްވާފައިވެއެވެ.

”ރަޝިއަން ފެޑަރޭޝަންގެ ރައީސާއި އަހަރެން މިއަދު ފޯނުން ގުޅައިގެން ވާހަކަ ދެއްކިން. ޖަވާބަކަށް ވީ ހަނުހުރުން. އެހެންނަމަވެސް އަސްލު ހަނު ހުންނަން ޖެހޭނީ ޑޮންބަސް. އެހެންވެ، އަހަރެން މިއަދު ރަޝިއާގެ ރައްޔިތުންނާ މުޚާޠަބު ކުރަން ބޭނުންވަނީ. ރައީސެއްގެ ހައިސިއްޔަތަކުން ނޫން. ނަމަވެސް ޔޫކުރެއިންގެ ރައްޔިތެއްގެ ހައިސިއްޔަތުން.

ސަރަހައްދުގެ 2000 ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދަކުން މިވަނީ އަހަރެމެން ބައިކުރެވިފައި. ބޯޑަރު ވާށަލައި ގާތްގަނޑަކަށް 200،000 ސިފައިންނާއި އެތައް ހާސް އަސްކަރީ އުޅަނދުތައް ހަރަކާތްތެރި ވަމުން އެބަ ދޭ. ތިޔަ ރައްޔިތުންގެ އިސް ލީޑަރުން ވަނީ އަނެއް ގައުމުގެ ބައިގަނޑާ ދިމާ ކުރިއަށް ފިޔަވަޅެއް އެޅުމަށް އެއްބަސްވެފައި. ޔޫރަޕިއަން ބައްރުގައި ކުރެވޭ ހަނގުރާމައިގެ ފެށުމަށް މި ފިޔަވަޅު ވެދާނެ.

ޔަގީންކަމާއެކު އެނގޭ ކަމަކީ އަހަރެމެންނަށް ހަނގުރާމައެއްގެ ބޭނުން އަދި ނުޖެހޭކަން. ނަމަވެސް ދުޝްމަނުންގެ ލަޝްކަރުތަކުން އަހަރެމެންނަށް ހަމަލާ ދޭނެ. އެބައިމީހުން އަހަރެމެންގެ ގައުމާއި، މިނިވަންކަން، އަދި ތުއްތު ދަރިންގެ ދިރިއުޅުން ނަގާލަން އުޅެފިނަމަ އަހަރެމެން އަހަރެމެންގެ އަމިއްލަ ނަފުސުތައް ދިފާއު ކުރަން މަސައްކަތް ކުރާނީ. އެބައިމީހުން އަހަރެމެންނަށް ހަމަލާ ދޭއިރު ދައްކަންވާނީ އަހަރެމެންގެ މޫނު. ހަމަލާތަކަސް ފުރަގަސް ދީގެން ނުވާނެ.

މި ހަނގުރާމަ ވެގެންދާނީ ގެއްލުންދެނިވި ބިރުވެރި ހަނގުރާމައަކަށް: ޒެލެންސްކީ

މި ހަނގުރާމަ ވެގެންދާނީ ގެއްލުންދެނިވި ބިރުވެރި ހަނގުރާމައަކަށް. ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ގެއްލި، ދިރިއުޅުމުގެ ފެންވަރާއި މިނިވަންކަން ގެއްލިގެންދާނެ. އެހެންނަމަވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ލޯބިވާ އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާނެތީ.

އެމީހުން ތިޔަ ރައްޔިތުން ގާތު ބުނެފައި ވަނީ ޔޫކުރެއިނުން ރަޝިޔާއަށް އިންޒާރު ދޭ ކަމުގައި. ނަމަވެސް އެއީ އިހުގައި އެކަން ވީ ގޮތެއްނޫން. މިހާރުވެސް އަދި ކުރިއަށް އޮތް ތާނގައިވެސް އެކަން ވާނެ ގޮތެއް ނޫން.

އަހަރުމެންގެ މައިގަނޑު މަގުސަދަކީ ޔޫކުރެއިން އަކީ އަމާންތަނެއް ކަމުގައި ހެދުން. މިތާ ދިރިއުޅޭ ރައްޔިތުންނަށް ސަލާމަތްކަން ހޯދައިދިނުން. މިކަމަށްޓަކައި ކޮންމެ ތާކު، ކޮންމެ ބަޔަކާ ވާހަކަ ދައްކަންވެސް އަހަރެމެން މިތިބީ ތައްޔާރަށް. މި ހަނގުރާމައިގެ ސަބަބުން އެންމެހާ ރައްޔިތުންގެ ސަލާމަތަށް އޮންނަ ޔަގީންކަން ގެއްލިގެންދާނެ. މިކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭނީ ކޮން ބަޔަކަށް ތޯ؟ ހަމަ ރައްޔިތުންނަށް. މިކަން މިގޮތަށް ވާން އެންމެ ބޮޑަށް ބޭނުން ނުވާނީ ކޮންބައެއް ތޯ؟ ހަމަ ރައްޔިތުން. މިކަން ހުއްޓުވޭނީ ކޮންބަޔަކަށް ތޯ؟ ހަމަ ތިޔަ ރައްޔިތުންނަށް. މި ފަދައިން މަސައްކަތް ކުރާނެ ރައްޔިތުން ތިބޭނެކަން އަޅުގަނޑަށް ހަމަ ޔަގީން.

އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ މި ވާހަކަތައް ރަޝިޔާގެ ޓީވީ އަކުން ނުދައްކާނެކަން. ނަމަވެސް ރަޝިޔާގެ ރައްޔިތުންނަށް ފެނުން މުހިއްމު. އެމީހުންނަށްވެސް ހަގީގަތް އެނގެންޖެހޭ. ހަގީގަތަކީ ލަސްނުވަނީސް އަވަހަށް މިކަން ހުއްޓަން ޖެހޭކަން. ސުލްހައަށް ޓަކައި ރަޝިޔާގެ ލީޑަރުން ވާހަކަދައްކަވަން ބޭނުންނުވާނަމަ، އެބޭފުޅުން ހަމަ ހަގީގަތުގައި ވެސް ހަނގުރާމަކުރަން ބޭނުންވޭތޯ؟ އަޅުގަނޑު މިސުވާލުގެ ޖަވާބު ބޭނުން. ނަމަވެސް އެ ޖަވާބު ބިނާވާނީ ތިޔަ ރައްޔިތުންނަށް. ރަޝިޔަން ފެޑަރޭޝަންގެ ރައްޔިތުންނަށް.“

ޔޫކްރެއިންގެ ރައިސް ވޮލޮޑިމީރް ޒެލެންސްކީ ގައުމާއި މުޚާޠަބު ކުރައްވާފައިވަނިކޮށް ބުދަ ދުވަހުގެރޭ ފަތިހު ރަޝިޔާގެ ސިފައިން ވަނީ ޔޫކްރޭނަށް އަރައި ވަރުގަދަ ހަމަލާތަކެއް ދޭންފަށާފައެވެ.

ރަޝިއާ ސިފައިން ޔޫކްރޭނަށް އަރައި ދޭންފެށި ވަރުގަދަ ހަމަލާތަކުގައި ޔޫކްރޭންގެ އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ ޢަސްކަރީ ބިނާތަކާއި ތަކެތި ހަލާކުވެފައިވާކަމަށް ޚަބަރު ލިބެމުން އެބަދެއެވެ.

ރަޝިޔާއާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކަށް ރަޝިޔާއިން ވަރުގަދައަށް ރައްދު ދޭނެ: ޕުޓިން

ހަނގުރާމައިގެ ތަޖުރިބާކާރުން ލަފާކުރާގޮތުގައި ރަޝިއާ މިހާރު ފަށައިގެން އުޅޭ ހަމަލާތަކުގެ ބޭނުމަކީ ނޭޓޯގެ ސިފައިންނާއި ހަތިޔާރު ވައިގެ މަގުން ޔޫކްރޭނަށް ފޮނުވުމުގެ ދޮރު ބަންދުކުރުމެވެ. އަދި ޔޫކްރޭންގެ ޢަސްކަރީ ބާރު ކަނޑުވާލުމެވެ. ރަޝިޔާގެ ރައީސް ވްލަޑިމިރު ޕުޓިން ވަނީ ރަޝިއާއިން ޔޫކްރޭންގައި ހިންގާ އަސްކަރީ އޮޕަރޭޝަންގެ ތެރެއަށް ނުވަނުމަށް ނޭޓޯގެ ގައުމުތަކަށާއި އެމެރިކާއަށް އިންޒާރު ކުރައްވާފައެވެ. ޕުޓިން ވިދާޅުވީ ރަޝިއާއިން ޔޫކްރޭންގައި ހިންގާ ޢަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކަށް ރަޝިޔާއިން ވަރުގަދައަށް ރައްދު ދޭނެކަމަށާއި ރަޝިޔާގެ މަގުސަދު ހާސިލު ނުވާހާ ހިނދަކު ރަޝިއާއިން ފަށާފައިވާ ޢަސްކަރީ ޚާއްޞަ އޮޕަރޭޝަން ހުއްޓާނުލާނޭކަމަށެވެ.

ރަޝިޔާއިން ފަށައިގެން އުޅޭ ހަނގުރާމައިގެ ތެރެއަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ގުޅިގެން އަމަލީ ގޮތުން ވަދެއްޖެނަމަ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މިއީ ޔޫރަޕްގައި ހިންގާ އެންމެ ބޮޑު އަދި ގެއްލުން ދެނިވި ހަނގުރާމައަށް ވެގެންދާނެއެވެ.

 

 

 

Loading

One Response

  1. ތި ހުރިހާ ބަލާވެރިކަމަކީ އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކެވެ. ޔޫކުރޭން ބޭނުންކޮށްގެން ޕުޓިންއަށް އުދަގުކުރާތާ 7 އަހަރުވީއެވެ. އަދި ރަޝިޔާއަށް އެމެރިކާއިން ވަނީ ޝެންކްޝަން ކޮށް ރަޝިޔާގެ ފައިސާ 50% އަގުވަށްޓާލައިފައެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ…

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް