ދިވެއްސަކު އުމުރަށް ޖަލަށްލާން ލަންކާއިން ހުކުމްކޮށްފި

Loading

February 11, 2022
profile
Facebook
Twitter
WhatsApp

 

 

ދިވެއްސަކު އުމުރަށް ޖަލަށް ލާން އަވަށްޓެރި ސްރީލަންކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އުމުރަށް ޖަލަންލާން ހުކުމްކުރީ ލާން ކޮލަމްބޯ ހައި ކޯޓުން މިއަދު އެވެ. ރިޕޯޓް ކޮށްފައިވާގޮތުން އެއީ ދިވެހި ފިރިހެނެކެވެ. އޭނާއަށް ހުކުމް ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވީ 265 ގްރާމް ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ކަމަށްވެއެވެ.  އޭނާ ހައްޔަރުކުރީ ބަމްބަލަޕިޓިޔާއިން 2016ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22ވަނަ ދުވަހުއެވެ. މަސްތުވާތަކެތީގެ އެމައްސަލާގައި 28 އަހަރާއި 30 އަހަރުގެ ދެދިވެހިން ހައްޔަރުކުރި ކަމަށްވެއެވެ. ނަމަވެސް ކޯޓުން މިއަދު ހުކުމް ކުރީއެންމެ މީހެއްގެ މައްޗަށެވެ. އަނެއް މީހާގެ މައްޗަށް ކުރި ދައުވާތައް ވަނީ އަނބުރާ ގެންގޮސްފައި ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

 

Loading

One Response

  1. 100% މުސްލިމް ގައުމެއް ދިވެހިރާއްޖެއަކީ، އެކަމަކު %100 ދީނެއް މިއްލަތެއްނެތް ބުޑިސްޓް ބުދަށް އަޅުކަންކުރާ الله سبحانه وتعالي އަށް ޝަރީކް
    ކުރާ ގައުމުގެ ޢަދުލު އިންސާފް ރާއްޖެއަށް ވުރެ
    މާރަނގަޅު!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް