އެމެރިކާ ސިފައިންގެ ހަމަލާއެއްގައި އިސްލަމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރު މަރާލައިފި

Loading

Facebook
Twitter
WhatsApp

ސޫރިޔާގެ އުތުރުގެ ހިސާބެއްގައި ހަރަކާތްތެރިވި އެމެރިކާ ސިފައިންގެ ޚާއްސަ ޔުނިޓަކުން ދިން ވަރުގަދަ ހަމަލާތަކަކަށް ފަހު އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުގެ ވެރިޔާ މަރާލެވިއްޖެ ކަމަށް އެމެރިކަގެ އޮފިޝަލުން ހާމަ ކޮށްފިއެވެ.

ޚަބަރު ލިބޭ ގޮތުގައި އެމެރިކާ ސިފައިންގެ ޚާއްސަ ޔުނިޓަކުން މި އޮޕަރޭޝަން ހިންގީ އިދްލިބްގައި ހުރި ދެބުރި ގެއެއްގެ ކައިރިއަށް ވައިކުޑައިން ފާބައި އެގެއަށް ވަރުގަދަ ހަމަލާތަކެއް ދީގެންނެވެ. މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް 12 މީހުން މަރުވިކަމަށާއި އެމެރިކާ ސިފައިން ވަނީ އެގެއާއި އެގެ ހުންނަ ސަރަހައްދު ވަށާލާފައި ކަމަށްވެސް މުރާސިލު ބުނެއެވެ.

އައިއެސް ލީޑަރު މަރާލުމަށް އެމެރިކާ ސިފައިން ކުރި މަސައްކަތުގެ ތަފްސީލް  އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ބުރާސްފަތި ދުވަހު ހާމަ ކުރައްވާފައެވެ. ބައިޑަން ވިދާލުވީ ސޫރިޔާގެ އުތުރުގެ އެކަހެރި ހިސާބެއްގައި ހުރި ގެއެއްގައި އައިއެސް ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރޭޝީ ހުރިކަން އެގި ސިފައިން އެގެ ވަށާލުމުން ބަދަލު ކުރެވުނު ވަރުގަދަ ބަޑީގެ ހަމަލާތަކަކަށް ފަހު ގުރައިޝީ މަރުވެފައިވަނީ ގޮތްހުސްވެގެން އޭނާ އަމިއްލަޔަށް ގޮއްވާލި އެއްޗަކުން ކަމުގައެވެ. ބައިޑަން ވިދާލުވީ އެއީ ފަހު ވަގުތުވެސް އޭނާގެ ފުށުން ފެނުނު ފިޑި އަމަލެއްކަމަށާ އައި އެސް ލީޑަރުގެ މަރާ އެކު މުޅިދުނިޔޭން ޓެރަރިޒަމް ގެ ބިރެއް ފިލާ ހިގައްޖެ ކަމުގައެވެ.

އެމެރިކާ ސިފައިންގެ ހަމަލާގައި އައިއެސް ޖަމާއަތުގެ ދެވަނަ ލީޑަރެއްގެ އިތުތުރުން ހުރައިޝީގެ އާއިލާގެ މެމްބަރުން ތަކެއްވެސް މަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މިކަމަބެހޭ ގޮތުން އައިއެސް ޖަމާއަތުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އެތައް ނަމެއްގައި ހަރަކާތްތެރިވަމުން އަންނަ އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރޭޝީ ސޫރިޔާގެ އުތުރުން ތުރުކީގެ ބޯޑަރާކައިރީގައިވާ ގެއެއްގައި ހުރިކަން އިގި އޭނާ އަތުލައިގަތުމަށް އެމެރިކާ ސިފައިން ރާވަމުން ގެންދާތާ އެތައް މަހެއް ވެފައިވާކަމަށް ޚަބަރުލިބެއެވެ.

ގުރޭޝީ އަށް އައި އެސް ޖަމާއަތުގެ ލީޑަރުކަން ލިބިފައިވަނީ 2019 ވަނަ އަހަރު އޭރު ހުރި ލީޑަރު އަބޫބަކުރު އަލް ބަގްދާދީ މަރާލުމާއި ގުޅިގެންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް