އިންޑިޔާގެ އައުބަޖެޓުން ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދޭނެތަ

Loading

Facebook
Twitter
WhatsApp

އިންޑިޔާ ސަރުކާރުން ކުރިޔަށް އޮތް މާލީ އަހަރަށް އެކުލަވާލި ބަޖެޓް، އަލަށް ހުޅުވުނު ގާނޫނުހަދާ މަޖިލީހަށް އަންގާރަ ދުވަހު މާލީ ވަޒީރު ނިރުމަލާ ސީތާރާމަން ހުށައެޅުއްވިއިރު،ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުން ފޫބެއްދުމަށް ޚާއްސަ ފިޔަވަޅުތަކެއް އެކުލެވިފައިވޭތޯ ގިނަބަޔަކު ސުވާލު ކުރެއެވެ. އައު ބަޖެޓްގައި އެންމެ ފާހަގަ ކޮށްލެވެނީ އިންފްރާސްޓްރަކްޗަރ އަށް ކުރެވޭ ޚަރަދު އިތުރުކުރަން ނިންމާ ކުދި ވިޔަފާރިތައް ނެގެހެއްޓުމަށް ދޭ ކްރެޑިޓް ގަރަންޓީ ވެސް އިތުރުކުރަން ނިންމާފައިވާކަމެވެ،

އިންޑިޔާ އަކީ މުޅިއޭޝިޔާގެ ވެސް ތިންވަނަޔަށް އެންމެ ބޮޑު އިގްތިސާދަށް ވާއިރު ކޮވިޑް19 ބަލީގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބާތޯ ބަލަން ގިނަބަޔަކު ބޭނުން ވެއެވެ.

މާލީ ވަޒީރު ނިރުމަލާސީތާރާމަން ގަސްތުކުރައްވަނީ ފިސްކަލް ޑެފިސިޓް ކުޑަކުރެއްވުމާއިއެކު ބޮޑެތިޚަރަދުތައް އިތުރު ކުރުން ކަމަށްވާއިރު މިކަމަށް ބޭނުންވާފައިސާ ހޯދަންޖެހޭނީ ދަރަންޏަށްކަމަށްވާތީ މިކަމުން އިންޓްރެސް ރޭޓަށް ޕްރެޝަރ ބޮޑުވެގެންދާނެ ކަމަށް އިކޮނޮމިސްޓުން ބުނެއެވެ.

ގާނޫނު ހަދާމަޖިލީސް ހުލުވުނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ޖާސޫސު ކުރާ ސްޕައިވެއަރ ގަނެ ބޭނުންކުރަމުންދާ ކަމަށް ބުނާ ބުނުންތަކުގެ އަޑުގަދަ ވެފައިވާ ދަޑިވަޅެއްގައެވެ.

އިޒްރާއިލްގެ ފަރމް އަކުން ގަނެފައިވާ ސްޕައިވެއާ އެއްބޭނުން ކޮށްގެން ސަރުކާރުން އިދިކޮޅުފަރާތްތަކުގެ ކޮމްޕިއުޓަރ ސިސްޓަމް ތަކާ ފޯނަށް ވަދެ މައުލޫމާތު އެއްކުރަމުންދާކަމަށް އިދިކޮޅު ޕާޓީ ތަކުން މިދިޔަ އަހަރުން ފެށިގެން ތުހުމަތު ކުރަމުން އައި ނަމަވެސް ސަރުކާރުން މިކަން ދޮގުކުރެއެވެ.

މިދިޔަ އަހަރު ކޮންގްރެސް ޕާޓީއިން ތުހުމަތު ކުރި ގޮތުގައި އިސް އެކްޓިވިސްޓުންނާ ގާނޫނީ އަދި ސިޔާސީ ފަރާތްތައް ހިމެނޭ ގޮތުން 160 ފަރާތެއްގެ ފޯނުތަކާ ކޮމްޕިއުޓަރ ސިސްޓަމްތައް ސަރުކާރުން ހެކްކޮށް ސިއްރުން މައުލޫމާތުވަނީ އެއްކޮށްފައެވެ.

އިޒްރާއިލުން ވިއްކި ”ޕެގާސަސް މެލްވެއާ“ އަކީ ހުރިހާ އައިފޯންތަކާ އެންޑްރޮއިޑް ޑިވައިސް ތަކަށް ސިއްރުން ވަދެ މެސެޖްތަކާ ފޮޓާ އަދި އީމެއިލްތައް ވަގަށް ނެގުމުގެ އިތުރުންކޯލްތައް ރިކޯޑްކޮށް މައިކްރޯފޯންތަކާވެސް ގުޅުވާލުމުގެ ގާބިލްކަން ހުރި ސޮފްޓްވެއަރ އެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް