ކޮވިޑް-19 ދިފާއުވުމަށް ޖަހާ ވެކްސިން އުމުރުން ފަސް އަހަރުގެ ކުދިންނަށް ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފިއެވެ.
އެޗްޕީއޭން ބުނީ ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ޖަހަން ބޭނުންވާ ކޮވިޑް ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވާ ކަމަށާ އެގޮތުން އެ އުމުރުފުރައަށް ވެކްސިން ދޭން ފެށުމުގެ ޕްލޭން މިހާރު ތައްޔާރުކުރަމުން އަންނަކަމަށެވެ.
އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމު ހެޑް ނާޝިޔާ އަބްދުއްޣަފޫރު ވިދާޅުވީ، އެ އުމުރުފުރާގެ ކުދިންގެ މައުލޫމާތު މިހާރު އެއްކޮށްފައިވާކަމަށެވެ. އަދި އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން ވާންޖެހޭ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށާ އެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިން ގެނައުމާއި ގުޅޭ ނިންމުންތައް ނިމުމުން ވެކްސިން ޕްރޮގްރާމް ފަށާނެކަމަށެވެ.
އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިން ކޮވިޑް-19އިން ދިފާއުކުރުމަށް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު އަންނަނީ އެ އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދިނުމުގެ ހުއްދަ ދެމުންެވެ. އެގޮތުން އެމެރިކާއިން ވެސް ވަނީ އެ އުފމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް ހުއްދަ ދީފައެވެ.
ކޮވިޑް-19 އިން ދިފާއުވމަށް ރާއްޖޭގައި މިހާތަނަށް ވެކްސިން ދެމުން އައީ އުމުރުން 12 އަހަރުން މަތީގެ ކުދިންނާއި ބޮޑެތި މީހުންނަށެވެ.
One Response
ހެޔޮނުވާނެ ތިކަން ތިގޮތަށް ނުކޮށްބަލާށެވެ. އެކުދިން ކޮވިޑްޖެހިގެން ކިތައްކުދިން މަހަކު މަރުވާތީތޯ ތިގޮތަށްތިނިންމަވަނީ؟ އެ މައުސޫމް ކުދިންގަޔަށް ތި އެއްޗެތިތައް އަދި ނުތެޅުންވަރަށް އެދެމެވެ.