ޗައިނާއިން ފަގީރު ގައުމުތަކަށް ދޭ ލޯން ތަކުގެ ސަބަބުން އެގައުމުތަކަށް ނުއުފުލޭފަދަ ދަރަންޏަށް ހުށައެޅެނީތަ؟

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ފަގީރު ގައުމުތަކަށް ޗައިނާއިން ލޯން ދޫކުރުމުގައި ލުއި އުސޫލުތަކެއް ގެންގުޅޭއިރު މިކަމުގެ ސަބަބުން އެގައުމުތަކުން ލޯން އަނބުރައި ދެއްކުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ އެކިފަރާތްތަކުން ޗައިނާއާ ދެކޮޅަށް ފާޑު ކިއުންތައް އަމާޒު ކުރަމުން ދާކަމުގެ އަޑުތައް ފެތުރިފައި ވެއެވެ.

ޗައިނާއިން ބުނާ ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ. އެއީ ހުޅަގުގެ ބައެއް ގައުމުތަކާއި އެމީހުންނނާއި ގުޅުން ބަދަހި ފަރާތްކުން ޗައިނާގެ އަބުރު ކަތިލުމަށް ކުރާ މަސައްކަތެކެވެ. އަދި ޗައިނާއިން ލޯން ނެގުމުގެ ސަބބުން އެންމެ ގައުމެއް ވެސް ދަރަނީގެ ދަންމަޅީގައި ޖެހިފައި ނުވާކަމަށް ޗައިނާއިން ބުނަމުންދެއެވެ.

ޗައިނާއަކީ އެހެން ގައުމުތަކަށް ލޯނުދޭގައުމުތަކުގެ ތެރޭން އެންކުރީގައި އުޅޭ އެއްގައުމެވެ. ދަށް އަދި މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކަށް ޗައިނާއިން ލޯނުދިން މިންވަރު ފާއިތުވި ދިހަވަރަކަށް އަހަރުތެރޭ ތިން ގުނައަށް އިތުރުވެފައި ވެއެވެ. މިގޮތުން 2020 ވަނަ އަހަރު ނިމުނު އިރު 170 ބިލިއަން ޑޮލަރު ތަފާތު އެކި ލޯނުގެ ގޮތުގައި ޗައިނާއިން ގައުމުތަކަށް ދޫކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ. ރަސްމީ ހިސާބުތަކުން މިއަދަދު ދެއްކި ނަމަވެސް ޗައިނާއިން ފަގީރު ގައުމުތަކަށް ލޯން ދީފައިވާ މިންވަރު މިއަށް ވުރެވެސް މަތިވާނެ ކަމަށް ބައެއް ފަރާތްކުން ލަފާކުރެއެވެ.

އެމެރިކާގެ ވިލިއަމް އެންޑް މޭރީ ޔުނިވަރސިޓީ އަށް ނިސްބަތްވާ ”އެއިޑްޑާޓާ“ އިން ބުނާ ގޮތުގައި ރަސްމީ ތަފާސް ހިސާބުގައި ނުހިމަނައި ލޯނުދީފައިވާ ގައުމުތަކުގެ ތެރޭގައި އަމިއްލަ ޖީޑީޕީ ގެ 10 އިންސައްތައަށް ވުރެ ދަރަނި އިތުވެފައިވާ ފަގީރު އަދި މެދުފަންތީގެ ސާޅީހަށްވުރެ ގައުމު ހިމެނެއެވެ. އަދި ޖިބޫތީ، ލާއޮސް، ޒެމްބިޔާ، ކިރުގިސްތާން ފަދަ ބައެއް ގައުމުތަކުގެ ދަރަނި، ޖީޑީޕީގެ 20 އިންސައްތަޔަށް ވުރެ އިތުރު ކަމަށް ޚަބަރުލިބެއެވެ.

ގައުމުތަކުން ޗައިނާގެ މާލީ އެހީތެރިކަމަށް އެދެނީ ޢުމްރާނީ ބިޔަ މަޝްރޫޢުތައް ހިންގުމަށެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މަގުތަކާއި ރޭލްވޭތަކާއި ބޮޑެތި ބަނދަރުތައް ހެދުމުގެ އިތުރަށް އެނަރޖީ އިންޑަސްޓްރީއާ ގުޅޭ ބިޔަ މަޝްރޫޢުތައް ހިންގުން ހިމެނެއެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް