ދެކުނު އިރާނުގައި ފެން ބޮޑުވެ 8 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ބޯކޮށް ވާރޭވެހި ދެކުނު އިރާނުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، 8 މީހުން މަރުވެއްޖެއެވެ. މޫސުމާ ބެހޭ މީހުން ލަފާކުރާ ގޮތުގައި މި ހަފްތާގެ ފަހުކޮޅާ ހިސާބަށް ބޯކޮށް ވާރޭ ވެހޭނެއެވެ.

”ފާއިތުވި ދުވަސްތަކުގައި ދެކުނު އިރާނުގެ އެކި ހިސާބުތަކުގައި ހިނގާފައިވާ ފެންބޮޑުވުމުގެ ހާދިސާ ތަކުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އަންނަނީ އިތުރު ވަމުން“ ނެޝަނަލް ރެސްކިއު ސާވިސްގެ ތަރުޖަމާނު މުޖްތަބާ ޚާލިދީ އަންގާރަ ދުވަހު ސްޓޭޓް މީޑިއާއަށް ދިން ބަޔާނެއްގައި ބުނެފައިވެއެވެ.

”މިހާތަނަށް 8 މީޙަކު މަރުވެ، 2 މީހަކު ދަނީ އަދިވެސް ހޯދަމުން“ އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން 14 މީހަކު ޒަހަމު ވެފައިވާކަން ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ފަސް މީހުން މަރުވެފައިވަނީ ފަރްސް ސަރަހައްދުންކަން ލޯކަލް ކްރައިސިސް މެނޭޖްމެންޓްގެ ފަރާތުން ވާހަކަދައްކަމުން ރަހީމް އަޒަދީ ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އަޒަދީ ބުނެފައިވާގޮތުގައި ދަނޑުބިންތަކާއި ގެދޮރާއި މަގުތައްވަނީ ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައެވެ.

އިރާނިއަން ރެޑް ކްރެސެންޓްގެ ރެސްކިއު އެންޑް އެމާޖެންސީ ޑިޕާޓްމެންޓްގެ ވެރިޔާ، މަހްދީ ވެލިޕޫރް ބުނެފައިވާ ގޮތުގައި އެމީހުން ވަނީ އިރާނުގެ 3،000 ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދީ 20،000 ރައްޔިތުންނަށް އެހީ ފޯރުކޮށްދީފައެވެ.

”މަގުތަކާއި ގެތައް ވަނީ ހަލާކުވެފަ، ކޮމިއުނިކޭޝަން ސިސްޓަމްތައްވެސް ވަނީ ހަލާކުވެފައި.“ މަހްދީ ބުނެފައިވެއެވެ.

ރެޑް ކްރެސެންޓްގެ 500 ޓީމު ދެކުނު އަދި އިރުމަތީ އިރާނުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް މެހްދީ ބުނެފައިވެއެވެ. މި ޓީމުތައް އިރާނުގެ 87 ސިޓީއެއްގައި ހަރަކާތްތެރި ވަމުން ދެއެވެ.

އިރާނުގެ އިންޓީރިއާ މިނިސްޓަރު އަހްމަދް ވަހީދީ ވަނީ ހުރިހާ ސިޓީ ތަކަކުންވެސް ހުރިހާ ރިސޯސްތަކެއް ސިޓީ އަލުން ހަދަން ބޭނުންކުރުމަށް ގޮވާލާފައެވެ.

އިރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ އިރާނުގެ އެނާޖީ މިނިސްޓަރު އަލީ އަކްބަރް މެހްރަބައި އަރިހުގައި ފެންބޮޑުވެފައިވާ ސަރަހައްދުތައް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

އިރާނުގެ އިތުރުން އީރާނާ އަވަށްޓެރި އެހެން ގައުމުތަކަށް ވެސް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ.

އިރާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ލަފާކުރާގޮތުގައި ހުކުރު ދުވަހާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް