ވެކްސިންގެ ތިން ޑޯޒް ޖެހިކަމުގައިވިޔަސް ކޮރޯނާ ވައިރަސްގެ އޮމިކްރޯން ވޭރިއެންޓުން ސަލާމަތް ނުވާކަމަށް ވެކްސީން އުފައްދާ ކުންފުންޏެއް ކަމަށްވާ ބައޮއެންޓެކްގެ ސީއީއޯ، އުގުރް ސަހިން ވިދާޅު ވެއްޖެއެވެ.
ސަހިން ވިދާޅުވެފައިވާ ގޮތުގައި 3 ޑޯޒް ވެކްސިން ޖަހާފައިވާ މީހުންގެ ކިބައިންވެސް ކޯވިޑް-19 ވައިރަސް ފެތުރެއެވެ. ވެކްސިން އުފެއްދި އިރު ވައިރަސް އާ ދެކޮޅަށް %95 އަށް އަސަރު ކުރާ ކަމުގައިވިޔަސް މިހާރުގެ ވޭރިއަންޓްތަކާ ދެކޮޅަށް ފެނިގެން ދަނީ ހަމައެކަނި %70-%75 އަށް ހެއު އަސަރު ކުރަމުން ދާތަން ކަމަށްވެސް ސަހިން ވިދާޅުވިއެވެ.
އޮމިކްރޮން ވޭރިއެންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާލެއް ދަށްވަމުން އައުމަކީ އައު ވޭރިއެންޓްތައް ވެކްސިންއަށް ނުގުޑާކަން އަންގައިދޭ ނިޝާނެއް ކަމަށްވެސް ސަހިން ވިދާޅުވިއެވެ.
”ދުވަސްތައް ފާއިތުވާ ވަރަކަށް ވެކްސިން މަސައްކަތް ކުރާ ވަރު ދަށްވަމުން ދާނެކަމަކީ ޝައްކެއް އޮތް ކަމެއްނޫން. މިކަމުގެ ހައްލެއް ހޯދަން އަދި ނަގާނެ ވަގުތު. އަހަރެންގެ ވާހަކަތައް ލެބްތަކުގައި ހެދޭ ދިރާސާތަކަށް ބިނާ ކުރުމުގެ ބަދަލުގައި ދުނިޔެއިން ފެންނަމުންދާ ކަންތަކަށް ބިނާ ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ޤަބޫލު ކުރެވެނީ.“ އޭނާ ވިދާޅުވިއެވެ.
ކޮލަމްބިއާ ޔުނިވާސިޓީގައި ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އޮމިކްރޮން ވޭރިއެންޓް، ވެކްސިންތަކަށާއި، ބޫސްޓާ ޝޮޓްތަކުގެ އިތުރުން، އެންޓިބޮޑީ ޓްރީޓްމެންޓް ތަކަށް ވެސް ނުގުޑައެވެ.
ކަމާ ބެހޭ އިދާރާތަކުން ދަނީ ވެކްސިން ނުޖަހައި ތިބި ފަރާތްތަކުން ވެކްސިން ޖެހުމަށާއި، ވެކްސިން ޖަހާފައިވާ މީހުން ބޫސްޓާ ޝޮޓް ނެގުމަށް ގޮވާލަމުންނެވެ.
މިހާރު ހޯދިފައިވާ ޑާޓާ ތަކުން ދައްކާ ގޮތުގައި އޮމިކްރޮން ވޭރިއެންޓްގެ ސަބަބުން ބަލިވާ މިންވަރު ކުރީގެ ވޭރިއަންޓް ތަކަށްވުރެ ދަށެވެ. ނަމަވެސް އޮމިކްރޯން ވެރިއަންޓް އައު ވެރިއަންޓް އަކަށް ވުމާ ގުޅިގެން މި ޑާޓާ އެންމެ ފުރިހަމަ ނޫން ކަމަށާއި އޮމިކްރޮންގެ ނުރައްކާތެރިކަން އެސެސް ކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.
One Response
Big business really. With covid19 the yearly normal death rate in Maldives remain the same or lesser. Then why is the dealt covid19 was so serious and kept everyone lock down with no jobs. No jobs means no money. No money means no food looks like #fake reporting to instill fear on the population and get health related products business boom while the riches invest on vaccine and sold to the world as a must buy. The rich got richer the poor got poorer or. A wicket demo-craY world indeed