ހިޔާ މަޝްރޫޢުގެ ފުލެޓް ތަކަށް ކުރިމަތިލީ ފަރާތްތަކަށް ފުލެޓް ދީފައި ވަނީ ބަލަންވާ ވަރަށް ނުބަލައި

Loading

Facebook
Twitter
WhatsApp

ތޮއްޖެހިފައިވާ މާލޭގައި ގިނައީ ރާއްޖޭގެ ރަށްރަށުން މާލެ އައިސް މާލޭގައި ވަޒަން ވެރިވާން ބޭނުންވާ މީހުންނެވެ.

މިހެން ދިމާވީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ.

މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ސިޓީއެވެ.

ރާއްޖޭގެ ރަށްތަކަށް ސަރުކާރުތަކުން އިހުމާލު ވުމުގެ ސަބަބުން ރައްޔިތުންނަށް މަޖުބޫރުވީ މާލޭގައި ދިރި އުޅުމަށެވެ. ޒަމާން ތަހުޒީބުވެ ތަޢުލީމަށް ބޭނުންވެފައި ތިބި ގައުމުގެ ޒުވާނުންނަށް އެކަށޭނަ ތަޢުލީމެއް ލިބެން އޮތީ ބެލެނިވެރިން މާލޭގައި ތިބެގެންނެވެ. އެހެންކަމާއެކު ދަރީން ގޮވައިގެން މާލެއައިސް މާލޭން ވަޒީފާ ހޯދައި ކުދީންނަށް ތަޢުލީމު ދިނުމަށް މައިންބަފައިންނަށް މާލެ ނޫން އެހެން ގޮތެއް ނެތިގެންނެވެ. ތިން ދަރިންނަށް ކިޔަވައިދީ ނިމުމާއެކު ދަރީންނަށް ވަޒީފާ ލިބެން އޮތީވެސް މާލެއިންނެވެ. ދަރިން ސަރުކާރުގެ އެކިމަގާމުތަކުގައި ވަޒީފާ އަދާކުރަން ތިބެން އޮތީ ވެސް މާލެއެވެ. މިހިސާބަށް ދެވޭއިރު މައިންބަފައިން ތިބެނީ މުސްކުޅިވެ ގައިބާރު ދެރަވެފައެވެ. އެހެންކަމުން ރަށަށް ގޮސް ދިރިއުޅެވޭނެ ގޮތެއް ނެތެވެ. ރަށުން ރައްކާތެރި ބޯފެން ފޮދެއް ވެސް ލިބޭނެ ވަސީލަތެއް ނެތެވެ.

ރަށުގެ ގެ ފަޅުވެ ވީރާނާވެދެއެވެ. އެނބުރި ރަށަށް ގޮސް އުޅެވޭކަށް ނުއޮވެއެވެ. ރައްޔިތުމީހާ އުޅެން ޖެހިފައި ވަނީ މާލޭން ކުއްޔަށް ތަންތަން ހިފައިގެންނެވެ. ނަތީޖާ އަކީ ރެފިއުޖީންގެ ލިސްޓުގައި ޖެހިގެން މާލެ ސަރަޙައްދުން ބޯހިޔާ ވަހިކަން ހޯދުމެވެ.

ރާއްޖޭގެ ރަށްތައް ފަޅުވާން ޖެހުނީ މިދެންނެވި ސަބަބުތަކާ ހެދިއެވެ. ބޭސްފަރުވާގެ ފުރުޞަތެއް ނެތެވެ. ތަޢުލީމު ދެވޭނެ ވަސީލަތެއްނެތެވެ. ވަޒީފާއެއް ނުލިބެއެވެ. ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް ޢަމުދުން ނެތެވެ. ރަށަށް އަރުވާލެވިގެން ތިބެ މަރުވުން ނޫން އޮތް ހަމައެކަނި ގޮތަކީ މާލެ އައުމެވެ. މިގޮތުން މާލެއައިސް ބޯހިޔާ ވަހިކަމަށް އާދޭސް ކުރަމުން ގޮސް ޢުމުރު ހުސްވާން ގާތްވާ ހިސާބުން ފުލެޓެއް ލިބެއެވެ.

ފުލެޓް ލިބޭއިރު ރައްޔިތުމީހާ ރިޓަޔާވެ އާމުދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ނެތެވެ. ޢުމުރުން 60 އަހަރު ވެފައިވާ ރައްޔިތުމީހާއަށް ލޯނު ގަނޑެއްހާ މިންވަރު ވެސް ނުދެއެވެ. އެހެންކަމުން ފުލެޓް ލިބުމުން ކުލި ނުދެއްކެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތުން ވެސް މަހުރޫމު ވެދެއެވެ.

މީވެސް ސަރުކާރު ތަކުގެ އިހުމާލުން ރައްޔިތު މީހާ އުޅެން ޖެހުނު ގޮތެވެ.

މީގެ ތެރެއިން ބައެއް މީހުންނަކީ ވީރާނާ ނުވާ އަމިއްލަ ގެދޮރު ރަށުގައި ހުރި މީހުންނެވެ. ދަފުތަރުގައި ރަޖިސްޓްރީ ވެގެން ގޮސް ރަށުގޭގައި އުޅެމުން ދަނިކޮށް ފްލެޓް ލިބޭ ނަސީބު ވެރީންނެވެ. އެހެންކަމުން ފުލެޓް ކުއްޔަށް ދިނުމަށްފަހު އެނބުރި ދަނީ ރަށުގައި ދިރިއުޅުމަށެވެ.

މިހެން ދިމާވުމުން މާލޭގެ އުފަން ރައްޔިތުން ބޯހިޔާވަހިކަމުން މަޙުރޫމް ވާ ގޮތް ވެދެއެވެ.

އަނެއްކޮޅުން ބޯހިޔާ ވަހިކަމަށް އެދި ފޯމު ހުށަހެޅުމުން އެފަރާތުގެ ޙާލަތު ބައްލަވާނެ ކަމަށާއި ފުލެޓް ދެވެނީ ހައްގުވެރި ފަރާތަށްތޯ ކަށަވަރު ކުރައްވާނޭކަމަށް ވިދާޅުވެ އެކަން ނުބައްލަވައި ފުލެޓް ދޫކުރަމުން ދިޔައެވެ. މިކަން ކަން ބައްލަވާނަމަ މާލޭގައި އަމިއްލަ ގެދޮރު ހުރި ފަރާތްތަކަށް ފުލެޓް ނުދިނީސް ތާއެވެ.

ސަރުކާރު ތަކުންގެ ފަރުވާ ކުޑަވެ ހަގީގީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ނުލިބޭތަން އެބައާދެއެވެ.

މިހުރިހާ ކަމެއްގެ ހަގީގަތަކީ ސަރުކާރުތަކުން ގެންގުޅެފައިވާ ތަފާތު ކުރުންތަކުގެ އަސަރެވެ. އާބާދީ ގިނަ ރަށްތަކާއި އާބާދީ ކުދި ރަށްތައް ތަފާތު ކުރުމުގެ ސަބަބުން ގައުމަށް ޖެހިފައި މިވަނީ އިންސާނީ މުޞީބާތެކެވެ.

ސަރުކާރުން މިހާރު ވަނީ މިދެންނެވި ތަފާތު ކުރުންތައް ކުޑަކޮށްފައެވެ. ކުރީގެ ސަރުކާރު ތަކުން ގައުމުގެ ރައުސުލް މާލު ބޮޑުކުރަން ނޭނގުމުގެ ސަބަބުން މިހެން ވީއެވެ.

ވެރިކަމަށް އަންނަނީ ކަމަށް އެކަށޭނެ ގާބިލު ބޭފުޅުންނަށް ނުވުމުގެ ސަބަބުން ގައުގެ ކުރިމަގަށް ވަނީ ގިނަ ގުނަ ނޭދެވޭ އަސަރުތައް ކޮށްފައެވެ. ބައެއް ވެރިންނަކީ ވެރިކަން ދިފާޢުކޮށްގެން ޢިއްޒަތުގައި ގިނަދުވަހު އުޅުއްވަން ބޭނުންފުޅު ބޭފުޅުންނެވެ. އަނެއް ވައްތަރަކީ އަމިއްލަ ބޮނޑި ބޮޑުކޮށް ވައްކަން ކޮށް ދެން ވެރިކަމަށް އަތުވެދާނެ ހެން ހީވާ ފަރާތްތައް ޖަލަށް ލައި ގައުމުގެ އަމާންކަން ގެއްލުވާލާ ބޭފުޅުންނެވެ.

މިފަދަ މުސީބާތްތައް ރައްޔިތުންނަށް ޖެހެމުން ދާ ސަބަބެއް ވެސް އޮންނާނެއެވެ.

ރައްޔިތުން ދެކެ ލޯބިވާ އަދި ރައްޔިތުންގެ އިޙުސާސްތަކަށް ގަދަރުކޮށް އިޙުތިރާމް ކުރާ ހެޔޮލަފާ ބޭފުޅުން ވެރިކަމަށް ގެނެވޭނަމަ މިފަދަ މުޞީބާތްތަކާ ރައްޔިތުން ކުރިމަތިލާން ނުޖެހޭނެއެވެ.

ކޮންމެއަކަސް ހިޔާ މަޝްރޫޢުން ގިނަ ޢަދަދެއްގެ ޙައްޤުވެރިން މަހުރޫމު ކުރުމަކީ އަނިޔާއަކަށް ނުވެއެއް ނުދާނެއެވެ. ދިރިއުޅެވޭނީ ދިރިއުޅެން ފަސޭހަ ތަނެއް ގައެވެ. ދިރިއުޅެން ވަކި ރަށެއް ވަކި ތަނެއް ކަނޑައެޅިފައެއް ނުވެއެވެ.

 

 

Loading

2 Responses

  1. Lonu dhuvasveemeehunah vesdheynjehe eve maruvejjiyyaa gedhoru benkah negidhaanenootha kurin maruvaanemeeheh fahun maruvaanemeeheh benkah nuvatha sarukaarah egeynetha hurihai meehunah ves lonudheynjeheyne

  2. ރާއްޖެތެރޭގެ ރަށްރަށުގައި ގެވަޅު ލިބިފައިވާ މީހުން ނަށްވެސް ހިޔާފުލެޓު ލިބިފައި އެބަހުރި އަހަރެންގެ ރަށުކުދިންނަށްވެސް ލިބިފައެބަހުރު، އެފުލެޓުތަށް ދީފައި ހުރީ އެދުވަސްވަރު މެޑަމު އޮފީހުގައި، އުޅުން ކުދިންނާއި، އަދި ޕީޕީ ސަޕޯޓަރުންނަށް ކަމަށް ފެނޭ،، މިރަށުގައި ހިޔާފުލެޓު ލިބިފައިވަނީ އެފަދަޢާއިލާތަކުގެ ކުދިންނަށް،،

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް