މޯލްޑިވިއަނުން ބަންގުލަދޭޝްގެ ޑާކާ އާއި މާލެ އާ ދެމެދު ކުރާ ދަތުރުގެ އަގު ހެޔޮކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ މޯލްޑިވިއަނުން މާލެ އާއި ޑާކާ ދޭތެރޭގައި ދަތުރުކުރާ ފަރާތްތަކަށް މިހާރު ލަގެޖް އެލަވެންސްވެސް 40 ކިލޯއަށް އިތުރު ކޮށްފައިވާނެ ކަމަށެވެ.
އަދި އެއްކޮޅަށް 225 ޑޮލަރަށް ޓިކެޓް ވިއްކަން ހަމަޖައްސާފައިވާ އިރު ދެކޮޅު ޓިކެޓުގެ ވިއްކާ އަގަކީ 406 ޑޮލަރުކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގަލަދޭޝްގެ ޑާކާ އާއި މާލެއާ ދެމެދު މިވަގުތު ހަފްތާއަކު 3 ދަތުރު ކުރެއެވެ. އެއީ އާދީއްތަ އަނގާރަ އަދި ހުކުރު ދުވަހުއެވެ.
ބަންގްލަދޭޝް ހިމެނިފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަނދުކޮށް އަލަށް ހުޅުވިއިރު އެންމެ ފުރަތަމަ ދަތުރު ކުރަންފެށި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށެވެ.