މޯލްޑިވިއަންގެ މުއައްޒަފުން ޒަހަމް ކުރުމަށްފަހު ކުންފުނީގެ ފައިސާ ފޭރިގެންފި

Loading

Facebook
Twitter
WhatsApp

 

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ އެ މުއައްޒަފުން ޒަހަމް ކުރުމަށްފަހު ފައިސާތަކެއް ފޭރިގެންފިއެވެ.

ގައުމީ އެއާލައިން ”މޯލްޑިވިއަން“ ހިންގާ އައިލެންޑް އޭވިއޭޝަނުގެ އޭވިއޭޝަނުން ބުނީ އެކުންފުނީގެ ފައިސާތަކެއް ފޭރިގެންފައިވަނީ ފުވައްމުލަކުގައި ވަޒީފާ އަދާކުރާ ދެ މުއައްޒަފެއްގެ އަތުންކަމަށެވެ.

އެކުންފުނިންބުނީ ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތްކުރާ އެ ދެ މުވައްޒަފުންނަށް ހަމަލާދިނީ އިއްޔެގެ ސޭލްސް ނިންމުމަށްފަހު ފައިސާ ހިފައިގެން ދަނިކޮށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދިނުމަށްފަހު ކަމަށެވެ.

މި ހަމަލާގައި ޒަހަމްވި ދެ މުވައްޒަފުން މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ފޭރިގެންފައިވަނީ 93،850 ރުފިޔާއާއި، 448 އެމެރިކާ ޑޮލަރު ކަމަށެވެ.

އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ފުވައްމުލަކުގައި ފައިސާތަކެއް ހިފައިގެން އޭޓީއެމަށް ޖަމާކުރަން ދިޔަ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ހަމަލާދީފައިވާ މައްސަލަ ރޭ މެންދަމު 2:00 ހާއިރު ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާ  މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް