ރަހީނުކުރި ކަމަށް ބެލެވޭ އަންހެންކުއްޖާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

 

ރޭ ދަންވަރު ހުޅުމާލެއިން ރަހީނު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ  އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 12:50ހާ އިރު ކަމަށެވެ. އޭގެ ފަހުން މިއަދު ހެނދުނު 06:17ހާ އިރު އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި އަންހެން ކުއްޖާ ރަހީނު ކުރީ ކީއްވެ ކަމެއް އަދި އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަނުކުރެއެވެ.

އަޑުފެތުރިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ރަހީނުކުރީ އެ ކުއްޖާގެ އާއިލާގެ މީހަކު އެހެން މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެން ކަމަށް ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް