ފީފާގެ ރައީސްގެ މައްސަލަ ބަލަނީ އެތިކްސް ކޮމިޓިން ކަމަށް ބުނެފި

Loading

Facebook
Twitter
WhatsApp

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ނިމެންދެން އޭނާ މަގާމުގެ ޒިންމާ އަދާކުރުމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ އެކަން ކުރާނީ ފީފާގެ އެތިކްސް ކޮމިޓީން ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ސްވިޒްލެންޑްގެ ޕްރޮސެކިއުޓަރުން އިންފަޓީނޯ ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާ ގުޅިގެން ގިނަ ނާޖާއިޒް ފައިދާތަކެއް ނެގި ކަމަށް ބުނާ މައްސަލަ ބަލަން ފެށީ މިދިޔަ ހަފްތާގައެވެ. 2015 ވަނަ އަހަރު ފީފާގެ ކޮރަޕްޝަން މައްސަލައިގެ ތަހްގީގުގައި ލޯބާ ވަނީ އިސްކޮށް ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ތުހުމަތު ކުރައްވާ ގޮތުގައި ކޮރަޕްޝަން މައްސަލައެއްގައި އޭނާ ފުޓްބޯޅައިން ސަސްޕެންޑް ކުރުވުމުގެ ފަހަތުގައި ލޯބާއާއި އިންފަންޓީނޯގެ ނނުފޫޒެއް އޮތްކަމަށެވެ. އިންފަންޓީނޯ އާއި ލޯބާ ވަނީ ބައްދަލުވުންތަކެއް ބޭއްވި ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާ ކަމަށް އެދެބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.

އިންފަންޓީނޯގެ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި ފީފާގެ ރައީސްގެ މަގާމުގެ ޒިންމާ އުފުއްލަވަމުން ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެ ބްލެޓާ ވަނީ މިވަގުތު އިންފަންޓީނޯ ސަސްޕެންޑްކުރަން ގޮވާލައިފައެވެ. އެ ވާހަކަތަކާއި ބެހޭގޮތުން ފީފާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަލަސްޑެއާ ބެލް ވިދާޅުވީ އެގޮތަށް ނިންމުމުގެ ބާރު އޮތީ ފީފާ އެތިކްސް އަތުގައި ކަމަށެވެ. އަދި މިވަގުތަށް ބަލާއިރު ސަސްޕެންޑް ކުރަން ޖެހޭ ފަދަ ކަމެއް އޮތް ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް