ހދ ކުރިނބީގެ ކޮންމެ ގެއަކަށް އަޟްހާ އީދު ހަދިޔާ އެއްގެ ގޮތުގައި ކުކުޅަކާއި ހަނޑޫ ޕެކެޓެއް އެރަށު ކައުންސިލުން ހަދިޔާކޮށްފި އެވެ.
ކުރިނބީ ކައުންސިލުން ބުނީ އީދު ހަދިޔާގެ ގޮތުގައި އެރަށުގެ ކޮންމެ ގެއަކަށް 1200 ގުރާމްގެ ކުކުޅަކާއި އެއް ކިލޯގެ ބާސްމަތީ ހަނޑޫ ޕެކެޓެއް ދީފައިވާކަމަށެވެ.
މިއީ އެހެން އީދުތަކުގައިވެސް ރަށުގައި އީދު ހަދިޔާ ބަހާ އުސޫލުން މި އީދުގައި ރަށު ކައުންސިލުން ކޮންމެ ގެއަކަށް ދިން އީދު ހަދިޔާ އެއް ކަމަށްވެސްކައުންސިލުންބުނެއެވެ.
ކައުންސިލުން ބުނީ އީދު ހަދުޔާގެ ގޮތުގައި އެރަށުގެ 100 ގޭބިސީ އަށް ކުކުޅަކާއި ހަނޑޫ ޕެކެޓެއް ހަދިޔާކޮށްފައިވާކަމށެވެ. އަދި އީދު ހަދިޔާ ރަށުގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ބަހާފައިވާކަމަށް ކައުންސިލުން ބުނެއެވެ.