ކޮވިޑް-19ގެ ބަލިމަޑީކަމާއި ގުޅިގެން ކަރަންޓީންފެސިލިޓީ އެއްގައި ބެހެއްޓި ބިދޭސީއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭސް މީހެއްކަމަށްވާ ބަހާދުރު، ކުމިލަ ނަމަކަށް ކިޔާ ފިރިހެނެއް ކަމަށެވެ.
ކަރަންޓީން ފެސިޓީގައި ބަހާއްޓައިހުއްޓާ އެމީހާ ފިލާފައިވާކަން އެ ވުޒާރާއަށް ހުށަހަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ފުލުހުންގެ ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިކަމުގެ ފޮޔަވަޅެއްގެ ގޮތުން މާލޭގެ އެކިސަރަހައްދުތަކުގައި ތޮއްޖެހިފައި ތިބި ބިދޭސިން ކަރަންޓީން ފެސިލިޓީތަކަށް ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.
މީގެ ކުރިންވެސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް ބިދޭސީން ފިލާފައި ވުމާއި ގުޅިގެން ފުލހުން އެމީހުން ހޯދުމުގެ މަސައްކަތް ކޮށްފައިވެއެވެ.
One Response
މި މީހުން ރާއްޖެއިން ފޮނުވާލަ ދީބަލަ. ފައްޔާޒް ވިދާލުވިއެއްނު މިކަން ހަމަ ނުޖެއްސިއްޖެ ނަމަ އިސްތިއުފާދޭނަމޭ! ދީބަލަ. މިހާރު އެކިޔަނީ އެމީހުންގެ ނުގަބޫލުގައި ފޮނުވައެއް ނުލާނަމޯ ވަގަށް އުޅުނަސް ޕޮލިހަށް ޙަމަލަ ދިނަސް ދޯ؟ އަޅެ މީހަކު ކޮސްބޮލަށް ނާރާނެތަ؟ ވެރިކަމަށް އަންނަން ހެދުނު ދޮގަކާއި މަކަރެއް ކަރަޕްޝަނެއް ހިންގައިގެން އާދެވުނީމާ އެނިމުނީ؟ ބޯގަން ވިލާ ލޭޓް އިސްމާޢީލު ނަސީރުގެ ދަރިފުޅު ފައްޔާސް އިސްމާލު ވިސްނަވާލައްވާ ޕްލީޒް.