މާލެސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެފައިވާ ފަރާތްތަކުގެ ހުވާކުރުމުގެ ރަސްމިއްޔާތު ސަލްޓަންޕާކުގައި ބޭއްވުމަށް އިއުލާން ކުރުމަށް ފަހު އެ ނިންމުން ބަދަލު ކޮށް އޮންލައިންކޮށް ބޭއްވުމަށް ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުގެ މެންބަރުންގެ ހުވާ ކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިގްރާރުވުން ކުރިއަށް ދާނީ މާދަމާ ހެނދުނު އޮންލައިންކޮށް ކަމަށެވެ.
މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެ ވަޑައިގެންނެވި ފަރާތްތަކުގެ ހުވާކުރުން ސަލްޓަންޕާކުގައި ބާއްވާނެ ކަމަށް އިއުލާން ކުރީ އިއްޔެގައެވެ.
މާލެ ސިޓީކައުންސިލުން ބުނީ ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެއްސި ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބާއްވަން ނިންމީ އެޗްޕީއޭއިން އެދިގެންކަމަށެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ޕީ.އެސް.އެމް އިން އަދި ފޭސްބުކްން ލައިވްކުރަމުންދާނެކަމަށް ވެސް ސިޓީކައުން ކައުންސިލުން މައުލޫމާތު ދެއެވެ.
މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެހެން ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުން ވެސް މާދަމާ އޮންނާނެ އެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލްޖީއޭ)ން ބުނީ ހުވާކުރުމުގެ ދަރުބާރަށް ފަޑިޔާރުން ހާޒިރުވެވަޑައިގަންނަވާނީ 99 ރަށެއްގައި ކަމަށެވެ. އަދި 101 ރަށެއްގައި ހުވާކުރުމުގެ ދަރުބާރުގައި އޮންލައިންކޮށް ފަނޑިޔާރުން ބައިވެރިވެޑައިގަންނަވާއިރު 187 ކައުންސިލަރެއް ހުވާކުރުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
ކޮވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން ގިނަ ބަޔަކު އެއްވެގެން ހިންގާ ހުރިހާ ހަރަކާތްތަކެއް ސަރުކާރުން ވަނީ މަނާ ކޮށްފަ އެވެ.