ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ޤައުމާ މުޚާޠަބު ކުރައްވައި ބުދަދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމީ ޚިދުމަތެއްގެ ގޮތުގައި، ޢާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ޞިއްޙީ ޚިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް، ކޯވިޑް ކޮންޓްރޯލް ކުރުމުގައި، ވެވަޑައިގަންނަވަނީ ވަރަށް މަތިވެރި ޤުރްބާނީއެއް ކަމަށެވެ.
”މިދިޔަ ރަމަޟާން މަހުވެސް، ރެޔާއި ދުވާލުގެ ގިނަ ވަގުތުތައް އެބޭފުޅުން ހޭދަކުރެއްވީ، ކޯވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި. އެހެންކަމުން، މި އުފާވެރި ފިޠުރު ޢީދުގައިވެސް، އެބޭފުޅުން އެ ކުރައްވާ ދީނީ އަދި ޤައުމީ ޖިހާދުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.“ ރައީސް ވިދާޅުވިއެވެ.
މޭ މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ކަމަށްވާތީ، ރާއްޖޭގެ ހުރިހާ ނަރުހުންނަށް، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމުން، ނަރުހުން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުރީފާއި ސާބަސް ދެންނެވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަކީ ބިދޭސީންނެވެ.
2 Responses
Rayyithunnah boahiyaa nudhevvunas bodunnah resort thakaai ganduvaru dhevvumugai avadhi nethi. Gaumah beynun vanee lavakiyai nashai hashi habey kuraane thakeh kan majuliss ah engey! Shukuriyyaa!
ވެންޓިލޭޓަރުތައް އައީ އުތަ؟ ދެން ރަނގަޅުވާނެކަމަށް ބަލަނީ. ޝުކުރިއްޔާ ރައީސް!