ޖޯންސަން އާއި ޖޯންސަންގެ ކޮވިޑް19ގެ ވެކްސިން ޑެންމާރކްގެ ޤައުމީ ވެކްސިން ކެމްޕޭންގައި ނުހިމެނުމަށް ނިންމައިފި!

Loading

Facebook
Twitter
WhatsApp

ޑެންމާރކްގެ ޑްރަގް އުފައްދާ ކުންފުންޏެއްކަމަށްވާ ޖޯންސަން އާއި ޖޯންސަންގެ ކޮވިޑް 19ގެ ވެކްސިން ޑެންމާރކްގެ ޤަައުމީ ވެކްސިން ކެމްޕެންގައި ނުހިމެނުމަށް އެ ޤައުމުން ނިންމައިފިއެވެ.

​ޑެންމާރކް އިން މިފަދަ ބޮޑު ނިންމުމެއް ނިންމާފައި މިވަނީ ކޮވިޑް19 ގެ ވެކްސިންގެ ސަބަބުން ޞިއްޙީ ގޮތުން ދިމާވާ ނުރައްކާތެރި މައްސަލަ ތަކުގެ ސަބަބުންނެވެ.

​އެންމެ ގިނައިން މީހުން ރިޕޯޓް ކޮށްފައިވާ އެއް މައްސަލައަކީ ވެކްސިންގެ ސަބަބުން ލޭ ގަޑުވާ މައްސަލައެވެ

ޑެންމާރކްގެ ޑެނިޝް ހެލްތު އޮތޯރިޓީ އިން ބުނެފައިވަނީ ކޮވިޑް19 ގެ މިވެކްސިންގެ ސަބަބުން ކުރިމަތި ލާންޖެހޭ ގެއްލުމާ ނުރައްކާ ވެކްސިންގެ ސަބަބުން ލިބޭ ފައިދާއަށް އަށްވުރެ ބޮޑުކަމަށެވެ.

​ޑެނިޝް ހެލްތު އޮތޯރިޓީ އިން ދެން ވެކްސިންގެ ކެންޕެއިން ކުރިއަށް ގެންދާނީ ޖޯންސަންގެ ކޮވިޑް ވެކްސިން އާ ނުލައި ކަމަށް އެ އޮތޯރިޓީ އިން ވަނީ ވިދާޅުވެފައެވެ.

​އެޤައުމުގައި ދެން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ އެ ޤައުމުގައި ވެކްސިންގެ ލޯކަލް ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ފްރެޑްރިކްސެން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވެކްސިން އުފެއްދުމުގެ ވާހަކަ ވިދާޅުވެފައި ވީނަމަވެސް ކިހާ ވެކްސިނެއްކަމާ ހަރަދުވާނެ ކަމަށްލަފާކުރެވޭ މިންވަރު ފްރެޑްރިކްސެން ހާމަކުރައްވާފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް