ރާއްޖެއިން އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފި!

Loading

Facebook
Twitter
WhatsApp

ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެޑިއުކޭޝަން މިނިސްޓްރ ވިދާޅުވީ ޕޭޕަރުތައް ލީކުވުމާ ގުޅިގެން މިހާރު ކުރިއަށް ދާ އޭލެވެލް އެޑެކްސެލް އިމްތިހާނު އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން 3 ޕޭޕަރެއް އިމްތިހާން ހެދުމުގެ ކުރިން ލީކު ވެފައިވާ ކަން ކަށަވަރު ވެފައިވާ ކަމަށެވެ.

އެޕްރީލް މެއިގެ އިމްތިހާނުތައް ކެންސަލްކުރުމާއި އެކު އެޑެކްސެލް އިން ވަނީ ދެ ގޮތެއް ދީފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެއީ މިހާރު ޓޭސްޓް ހަދަމުން އަންނަ ކުދިން ޓެސްޓުން ވިތްޑްރޯ ކޮށްފައި އަންނަ އޮކްޓޯބަރު ނޮވެމްބަރު މަހަށް ޓެސްޓް ހެދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އަނެއް ގޮތަކީ އޭޕްރީލް/މެއި ގައި އިމްތިހާނު ހަދައި ކިޔަވަން ނިންމާލަން ބޭނުންވާ ދަރިވަރުންނަށް ކަމަށާއި އެ އޮޕްޝަނަކީ ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

​ޓީޗާ ބޭސްޑް އެސެސްމެންޓް މޮޑެލްގައި އެސެސްމެންޓުތައް ތައްޔާރުކުރާނީ ސީދާ ސްކޫލުތަކުން ކަމަށާއި އެއަށްފަހު އެ މާކްސްތައް މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް