އަނެއްކާވެސް ބޮޑު ޑުރަގް ބަސްޓެއް

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބުނީ ކޮރިއަރ ސާރވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މި ބަސްޓްގެ އަގު 4.7 މިލިއަން އަށް އަރާނެކަމުގައެވެ. މި ތަކެތި އަތުލައިގެންފައިވަނީ އޭޕްރިލް 17 ވަނަ ދުވަހު ކޮރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މި ބަސްޓް ގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ނައިޖީރިއާއިން އެތެރެކޮށްފައިވާ 1032 ގްރާމުގެ ކޮކެއިން އަދި ޖަމައިކާއިން އެތެރެކޮށްފައިވާ 547 ގްރާމުގެ ކޮކެއިން ކަމަށެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 1.5 ކިލޯ ގްރާމް ހުރި ކަމަށް ކަސްޓަމްސުން މައުލޫމާތުދެއެވެ.

އަދި މި ތަކެތީގެ އަގު 4،737 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ބުނެފައިވެއެވެ. ކަސްޓަމްސުން ބުނެފައިވަނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ޙަވާލުކޮށްފައިވާކަމަށެވެ. ރާއްޖޭގައި މަސްތުވާތަކެތީ އެތެރެކުރުން ހެއްޓުވުމަށް ޕޮލިސްއާއި ކަސްޓަމްސް ގުޅިގެން ކުރަމުން އަންނަ މަސައްކަތުން މިދިޔައަހަރުވެސް ބޮޑެތި އަދަދު ތަކުން މަސްތުވާ ތަކެތިގެ ޝިޕްމަންޓްތައް އަތުލައިގެންފާވެއެވެ.

 

Loading

One Response

  1. 4.7 މިލިއަން ގެ ބަސްޓެއް ތިއީ މިގައުމުގައި މިހާރު ބޮޑު ބަސްޓެއްނޫނެވެ. އެތިކޮޅެކެވެ.

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް