ދެދުވަހުގެ ތެރޭގައި ހޯރަފުށީގެ 4 މަޝްރޫޢެއްގެ ފެށުން!

Loading

Facebook
Twitter
WhatsApp

ހިނގަމުންމިދާ އޭޕްެރިލް މަހުގެ 7 އަދި 8 ވަނަ ދުވަހު ހއ.ހޯރަފުށީގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް އިފްތިތާހު ކުރެވިގެން ހިނގައްޖެއެވެ.

އެގޮތުން އިއްޔެ ވަނީ ހއ.ހޯރަފުށީ ފެރީ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވެސް ބާއްވައިފައެވެ. މި ދެ މަޝްރޫއަކީވެސް އެމްޓީސީސީއިން ކުރިޔަށް ގެންދާ މަޝްރޫޢުތަކެއް ކަން ފާހަގަ ކޮށްލެވެއެވެ. މިރަސްމިއްޔާތުތަކުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ރަށު ކައުންސިލްގެ މެންބަރުންނާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ އިތުރުން ރަށުގެ ގިނަ ރައްޔިތުން ބައިވެރި ވެފައި ވެއެވެ.

ހޯރަފުށީގައި އެޅިގެން ދާ ފެރީ ޓަރމިނަލަކީ ދިވެހިރާއްޖެ ހައި -ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ ”އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކްފެރީ ނެޓްވޯރކް“ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1( ހއ،ހދ،ށ) އަށް ފޯރުކޮށް ދޭ ފުރަތަމަ ސްޕީޑް ފެރީގެ ޙިދުމަތެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 41 ޓާރމިނަލެއް 41 ރަށެއްގައި ޤާއިމުކުރެވޭނެކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.

މީގެ އިތުރުން މިއަދުވެސް ވަނީ ހޯރަފުށީގައި މުހިންމު މަޝްރޫޢުތަކެއް ފެށިގެން ގޮސްފައެވެ. މިގޮތުން ހޯރަފުށީގެ ޓޫރިޒަމް ޒޯންގެ ގެސްޓްހައުސް އެޅުމުގެ އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއި ކުރެވިގެން ގޮސްފައެވެ. މީގެ އިތުރުން ހއ.ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫޢުގައި ވެސް މިއަދު ވަނީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީއާއި ދެމެދު ސޮއި ކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން 5.3 ކިލޯމީޓަރު މަގުގައި ތާރު އަޅާނޭ ކަމަށާއި، 25،909އަކަ މީޓަރުގެ ސަބްބޭސް ހެދުމުގެ މަސައްތާއި، އޭބީސީ ލޭޔަރގެ މަސައްކަތް ކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންދަނީ އިންތިޚާބެއް ބޯމަތިވެގެން ނޫންކަމަށާއި އެކަން ހޯރަފުށީ އެއަރޕޯޓް ނިންމުމަށް ކުރި މަސައްކަތުން ސާބިތުވާނެ ކަމަށެވެ. އަދި އެބޭފުޅުންނަކީ ވަޢުދުތައް ފުއްދާ، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރަމުން ގެންދާނޭ ބައެއް ކަމުގެ ޔަގީންކަން މެމްބަރު ސަލީމް ދެއްވިއެވެ.

މިދެދުވަހު ފެށިގެން މިދިޔަ މަސައްކަތްތަކަކީ ހޯރަފުށީގެ ކުރިމަގަށް މުހިންމު މަސައްކަތްތަކެކެވެ. ސަރުކާރުން ހޯރަފުށީގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތްތައް ހޯރަފުށީގެ ގިނަބަޔަކު ބަލައިގަންނަކަން އެރަށުން ވަރަށް ރަނގަޅަށް ހާމަވެއެވެ.

 

Loading

One Response

  1. އަސްލު ތިވަރުވެސް މަދު. އެހެނީ ކައުންސިލް އިލެކްޝަނަށް ދަޅަދަށްކަން އެބަޖެހޭ. ވީމާ ތިއެތި އޯކޭ.
    ރައްޔަތުންނަށްވެސް މިހާރުވާނުވާ އެނގެއެވެ. އުތުރު ތިލަފަޅު. ވެންޓިލޭޓަރު ވަގުޑީލް. އެމްއެމްޕީސީއާރ، އެފްޕީއައިޑީ ދެންމިހެންގޮސް ލިޔަންޏާ ބައިވަރު ބައިވަރު. ރައްޔަތުން އަތާ އަނގަޔާދިމާނުވެފަ. ދެން 300 އަށް އެރީމާ ތި އުވާލީ ހެލްތް އިމާރޖެންސީ ވޯޓުން ބަލިވަދާނެތީ ރައްޔަތުން ހެލްތް ރިސްކަށް ވައްޓާލައިފާ. ދެން ދެން ދޯ؟؟!!

Leave a Reply to މުއްތޮލިބު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް