ޔޫސީއެލް: ބަޔާން ބަލިކޮށް ޕީއެސްޖީއަށް އުނދަގޫ މޮޅެއް!

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ރޭ ޕީއެސްޖީއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗް 3-2ގެ ނަތީޖާއިން ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޕީއެސްޖީއިން ވަނީ ދެގޯލުގެ ލީޑެއް ނަގައިފައެވެ. ޕީއެސްޖީއަށް ގޯލް ހުޅުވާލަދިނީ މެޗްގެ 3 ވަނަ މިނިޓުގައި ކައިލިއާން އެމްބާޕޭ އެވެ. އެއަށް ފަހު 28 ވަނަ މިނިޓުގައި ލީޑް ފުޅާކޮށްދިނީ މާކުއިނޯޒްގެ ގޯލަކުންނެވެ. ނަމަވެސް ބަޔާނުން ވަނީ ހާފް ނިމުމުގެ ކުރިން ގޯލެއް ކާމިޔާބުކޮށް ލީޑް ހަނިކޮށްފައެވެ.

ދެވަނަ ހާފްގައި ބަޔާންގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ހިލޭ ޖެހުމެއްގައި ނެގި ހުރަހަކުން ބަޔާންގެ ތޯމަސް މުލާރ ވަނީ ބޮލުން ގޯލެއް ކާމިޔާބުކޮށް 60 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މި ނަތީޖާގައި މާގިނައިރުތަކެއް ނުވެ އަނެއްކާވެސް 68 ވަނަ މިނިޓުގައި އެމްބާޕޭގެ ރީތި ގޯލަކުން ޕީއެސްޖީއަށް ލީޑް ހޯދައިދިނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މެޗްގައި މޮޅު ކުޅުމެއް ދެއްކި، ޕީއެސްޖީގެ ޑްރެކްސްލާ ވަނީ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި ބުރަކޮށް މަސައްކަތް ކުރަން ޖެހުނު މެޗެއްކަން ފާހަގަ ކޮށްފައެވެ. އަދި މިމަސައްކަތް ދެވަނަ ލެގްގައި ވެސް ތަކުރާރު ކުރަން ޖެހޭ ކަމަށް ޑްރެކްސްލާ ފާހަގަ ކުރިއެވެ. އަދި މެޗްގައި އެމްބާޕާގެ ދައުރު މުހިންމުކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މިމެޗްގެ އިތުރުން ރޭ ވަނީ ކުއާޓަރ ފައިނަލްގައި ޗެލްސީއާއި ޕޯޓޯ ވެސް ބައްދަލުކޮށްފައެވެ. މި މެޗް 2-0ގެ ނަތީޖާއިން ކާމިޔާބު ކުރީ ޗެލްސީއިންނެވެ. ކުއާޓާރ ފައިނަލްގެ ދެވަނަ ލެގްގެ މެޗްތައް އޮތީ މިމަހުގެ 14،15 ގައެވެ.

 

Loading

One Response

  1. ރެއަލް_ޕީއެސްޖީ މެޗުގައި ލަނޑު ޖެހި ކުޅުންތެރިންގެ ނަން ލިއުނު ގޮތަށް ޗެލްސީ_ޕޯޓޯ މެޗުގައި ވެސް ލަނޑުޖެހި ކުޅުންތެރިންގެ ނަން ލިއެލި ނަމަ ……

Leave a Reply to ދެކުނު ތަރި Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް