ޕްރިމިއަރ ލީގް: ޔުނައިޓެޑުން ތިން ޕޮއިންޓް ކަށަވަރު ކޮށްފި

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޔުނައިޓެޑާއި ބްރައިޓޮން ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުން ގިނަ އެޓޭކްތަކެއް އުފައްދާފައި ވެއެވެ. ނަމަވެސް ފުރަތަމަ ހާފްގައި ފެނުނު ހަމައެކެނި ގޯލް 13 ވަނަ މިނިޓުގައި ޖަހައިދިނީ ބްރައިޓޮންގެ ވެލްބެކް އެވެ. ފުރަތަމަ ހާފް ނިމުނީ 1 ލަނޑުގެ ލީޑަކުން ބްރައިޓޮން ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން ދިޔައިރު ޔުނައިޓެޑުން އެޓޭކް ވަރުގަދަ ކުރިއެވެ. ޔުނައިޓެޑްގެ ފުރަތަމަ ގޯލް 62 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ. އެއަށްފަހު ޔުނައިޓެޑަށް މޮޅު ކަށަވަރުވީ 83 ވަނަ މިނިޓުގައި ޒުވާން ފޯވަރޑް ގްރީންވޫޑް ކާމިޔާބުކުރި ގޯލާއި އެކުގައެވެ.

މިނަތީޖާއާއި އެކު ޔުނައިޓެޑް އޮތީ 60 ޕޮއިންޓާއި އެކު ޓޭބަލްގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް ސިޓީއޮތީ 74 ޕޮއިންޓާއިއެކު ހަމަޖެހިލައިގެންނެވެ.

މީގެ އިތުރުންވެސް ލީގުގައި އިއްޔެ ފޯރިގަދަ މެޗްތަކެއް ކުޅެވުނެވެ. އެގޮތުން އާސެނަލްއާއި ލިވަރޕޫލް ބައްދަލުކުރި މެޗް ލިވަޕޫލްވަނީ 3-0 އަކުން ކާމިޔާބު ކޮށްފައެވެ. އަދި ނިއުކާސަލް އާއި ޓޮޓެންހަމް 2-2 އަކުން އެއްވަރުވި އިރު، ސައުތެމްޕްޓޮން އިން ވަނީ ބާންލޭގެ މައްޗައް 3-2 އަކުން ކުރި ހޯދާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް