ވެންޓިލޭޓަރުތަކުގެ ވައްކަން: ޕީޖީ ނިންމެވީ ދައުވާ ނުކުރަން، އޭޖީ ލަފާދެއްވީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް ކޮންމެހެން ވެސް ބޭނުންވި، ވެންޓިލޭޓަރުތައް ގަންނަން ކުރި މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ކަމާ ގުޅޭ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމު ނިންމަވާފައިވަނިކޮށް، އިންޓަނޭޝަނަލް އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން، އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްޢަތު ލަފާދެއްވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން 75 ވެންޓިލޭޓަރ ގަތުމަށް ކުރި މުއާމަލާތަކީ ސަރުކާރަކުން ކުރާނެ އެންމެ ވަގު އަދި އެންމެ ކޮސް އެއްކަންތަކެވެ. ގާނޫނަކަށް ގަވައިދަކަށް ބެލުމެއްނެތި ކުރި އެ މުއާމަލަތުގެ ސަބަބުން 30 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބުނީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށެވެ. ގަންނަން އުޅުނު 75 ވެންޓިލޭޓަރުތަކުގެ ތެރެއިން 15 ވެންޓިލޭޓަރ ލިބުނު އިރު އޭގެތެރެއިން ބައެއް ވެންޓިލޭޓަރުތަކުގެ ބައެއް ސާމާނު ހަމަޔަށް ނެތެވެ. ރާއްޖެއަށް އަދި 60 ވެންޓިލޭޓަރު ލިބެންޖެހެއެވެ.

ހެލްތު މިނިސްޓަރަ އަޙުމަދު ނަސީމް ވިދާޅުވި ގޮތުގައި އެ ވެންޓިލޭޓަރތައް ރާއްޖެއަށް ލިބޭނެ ދުވަހެއް އެނގޭކަށް ނެތެވެ.

ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ކުރި މަސައްކަތުގައި ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް، އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ، އޭސީސީން ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ ދައުވާ ނުކުރަން ނިންމާފައެވެ.

ޕީޖީން ބުނިގޮތުގައި ދައުވާ ނުކުރަން ނިންމީ ކޮރަޕްޝަންގެ އަމަލު ހިންގި މީހަކު ނުވަތަ ބަޔަކަށް ލިބުނު ފައިސާ ޖަމާވި އެކައުންޓެއް ނޭނގޭތީ ކަމަށެވެ. އޭގެ އިތުރަށް މައްސަލައިގައި ދައުވާ ނުކުރީ ޢުންޞުރު ފުރިހަމަ ނުވާތީ ކަމަށް ވެސް ޕީޖީން ވަނީ ބުނެފައެވެ.

ވެންޓިލޭޓަރު މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެފަހަރަށް ތަހުގީގު ކުރުމަށް ފަހު ފޮނުވުމުން ވެސް އެ މައްސަލައިގައި ދައުވާނުކޮށް ދެ ފަހަރަށް ވެސް ދޫކޮށްލާފައިވާތީ ޕީޖީއަށާއި ސަރުކާރަށް ވަރަށް ގިނަ ބަޔަކު ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ކިޔާފައެވެ.

ޢުންޞުރު ފުރިހަމަ ނުވާނަމަ، ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހެނީ ވެސް ކަމާ ބެހޭ މުއައްސަސާތަކުންނެވެ. އެއީ ކުރީގެ ސަރުކާރުން ކަންތައް ކޮށްފައި ހުރިގޮތުން އިތުރަށް ބެލެން ނެތް މައްސަލައެއް ކަމަށް ބުނެ ނިންމާލެވޭކަށް ވެސް ނެތެވެ.

ވެންޓިލޭޓަރު މައްސަލައިގައި ސަރުކާރުން ވައްކަން ކޮށްފިކަމަށާއި އެ ވައްކަމުގައި ސަރުކާރުގެ އެތައް ބަޔަކު ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ރާއްޖޭގެ އެތައް ބަޔަކު ބުނެ ފާޑު ކިޔަމުން ދާ ދަނޑިވަޅެއްގައި ރައީސް އޮފީހުގެ ތަރުުޖަމާނު މަބުރޫކު މިއަދު ދެއްކެވި ވާހަކަފުޅަކީ އެވައްކަމުގެ މައިތިރިއެއް ކަމަކަށް ނުފުދެއެވެ.

ވެންޓިލޭޓަރ ވައްކަން މިހާރު ވަނީ ބޮޑު އަރަތަކަށް ވެފައެވެ.

މިހާރު އުފެދިފައިވާ އެންމެ ބޮޑު އެއް ސުއާލަކީ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ހެއްޔެވެ؟

ހެލްތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ކަމާބެހޭ ބައެއް ބޭފުޅުން ދިވެހިރާއްޖޭގެ މާލިއްޔަތު ގަވައިދާ ޚިލާފަށް ކުރައްވާފައިވާ ކަންތައްތަކާ ގުޅިގެން ގާނޫނީ ފިޔަވަޅެއް ނޭޅުނު އިރު، ވެންޓިލޭޓަރުތަކުގެ ވައްކަމުގެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅައިގެން ދުބައިގައި ރަޖިސްޓްރިކޮށްފައިވާ ކުންފުންޏަކާމެދު ފިޔަވަޅު އެޅުމަކީ ހީކުރާހާ ފަސޭހަކަމަކަށް ވާނޭ ހެއްޔެވެ؟

ވެންޓިލޭޓަރ ގަތުމަށް ދިވެހި ސަރުކާރުން ދިން ފައިސާ އަނބުރާ ލިބޭނޭ ހެއްޔެވެ؟ ލިބޭނެ ނަމަ ލިބޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ އެ ފައިސާގެ ބައެއް ދިވެހި ސަރުކާރުގައި ވަޒީފާ އަދާކުރާ ބައެއްގެ ޖީބަށް ވަދެފައި ނުވޭ ބާވައެވެ!

ބޮޑު އަރަތަކަށް ވެފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްޢަތު ލަފާދެއްވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވިޔަސް އެކަން ފަށައިގަނެވޭނެ ދުވަހެއް އަދި އެކަން ނިމޭނެ ދުވަހެއް ލަފާކުރާކަށް ވެސް ނޭނގެއެވެ.

 

Loading

5 Responses

  1. މަށަށް ފެންނަނީ ތިމައްސަ ފޮރުވަން ނޫނީ ނުބަލަން ޕީޖީ ތިނިންމީ ތިޔަ ވެންޓިލޭޓަރުގެ ލާރިގަޑުގެ ބައެއް ޕީޖީއަށް ލިބިފާވާތީއެވެ ވީމާ ޕީޖީޝަމީމީމުުގެ މައްޗައް ވައްކަންކުރި ކަމުގެދައުވާ ކުރެވެންޖެހޭނެ

  2. ނަޝީދު އަށް ފެންނަނީ ކިހިނެއް ހަދަން. ރައީސް ސޯލިހަށް ފެންނަނީ ކިހިނެއް ހަދަން؟ އެއީ ދޯ މިކަމުގެ ޙައްލުންނަކީ. ސާބަސް. އިންޓަނޭޝަނަލް އާބިޓަށް ފޮނުވައިގެން 10 އަހަރު ޙުކުމް ލިބެންދެން ވެރިކަމުގައި މަނިކުފާނުމެން ތިބޭނެތޯއެވެ. އެމްއެމްޕީރސ ގެ މައްސަލަ ޔޫއެން އަށް ފޮނުވައިގެންތޯ ތި ތިއްބަވަނީ!
    ޖާބިރު ބުނާ ހެން ހެޔޮވާނީ ކިހިނެއް ވއކަން ނުކުރާނަމޭ ކިޔާފައި އައިސް ވއކަން ކުރީމާ މައްސަލައަކީ . ހިތައް ތަދުވަނީ އަސްލުވެސް.

  3. ސޯލިޙު ރައީސް ފެއިލް އެ ކޮއްލީ ހަމަ ރާވައިގެން ނަޝީދު. ވެރިކަމުގެ ދަހިވެތިކަމުގައި ރޖއމ ފޭލިކޮށްލީ. އާހ، އެހެން އެވީ ރޖއމ ގެ ވެސް އޮށްޓަރެއްނެތީ. މޮޑެލް އެއް ހެން ހެއްދެވިގެން އުޅުއްވިއަކަށް ވެރިކަމަށް ކުފޫހަމަ ނޫނީކަމުގައި ބެލެވެނީ.

  4. ދެރައީ ދިވެހިންނަށް ކޮންމެ މީހަކަށްވެސް ރައީސުލް ޖުމްހޫރިއްޔާގެ މަގާމު ކުރެވިދާނެކަމަށް ހީވާތީ. އެހެންނަސް ވޯޓުވިއްކާ ބޮޑުންވެސް ރިޝްވަތުނަގައިގެން ފަޅުފަޅާއި އިތުރު ރަށެއް ލިބޭތޯ ކޮންމެ ކުލަޔަކަށް ވޯޓް ދޭ ބައިގަނޑުވެސް އެމީހުންގެ ކުންފުނީގެ ޖީއެމް އަކަށްވެސް ނުލާނެ ހަމަ ކޮންމެމީހެއް. ބައިވަރު ސީވީ ހޯދައިގެނ މުރާޖާކޮށްފަ ނިންމާނީ. އެހެނަސް މިގައުމުގައި ރައްޔަތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ އަދި ވެދާނޭ ދޮގު މީހުނަށް އެކަމަށް ފުރުސަތު ހޯދައި އެދެނީ.
    އަދު އެވެސް ދީނަށްޓަކާ! ރައްޔަތުންނަށްޓަކާ! ގައުމަށްޓަކާ! ވަރަށް ނުލަފާ ބައެއް އަހަރެމެންނަކީ. ޝޭޚުން ވެސް ހަމަ އެހާލު. ފުރަތަމަ ދުނިޔެ ދެން ލިބުނިއްޔާ އާޚިރަތޭ ބުނެދޭކަހަލައެވެ. ވަރަށް ސޮރީ ދޯ؟

  5. ކުއްލިއަކަށް އުތުރު ތިލަފަޅުގެ ޚާއިނުން މަތި ހަދާން ނެތި ވެންޓިލޭޓަރު ވާހަކަ މި އުފެއްދީ ދޯ< ކައުންސިލް އިންތިޚާބަށް އުތުތިލަފަޅު އިންޑިއަށް ދިން ޖަރީމާ ޑިޕާޓްމަންޓް މަތިން ހަދުމަނައްތާލިއެ ދޯ< ނަޝީދު ދެބޯގެރި ދުއްވަން ވަރަށް ބެސްޓްވާނއެވެ.

Leave a Reply to މުޙައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް