ލ.އަތޮޅު ކައްދޫ ކައިރިން މޫދަށް ފޭބި ސިފައިންގެ 4 މީހެއްގެތެރެއިން ގެއްލިގެން ހޯދަމުންދިޔަ ލާންސްކޯޕްރަލް ޙުސައިން ފާރިޝް ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ފާރިޝް ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ 17:40 ގައެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ސިފައިންގެ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކޯސްޓުގާޑުގެ ޑައިވަރުންނަށް ކަމަށެވެ.
މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން އިތުރު މީހަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާ، އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާންފެށުމުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ގެނބުނުމީހާގެ ޙާލު އަންނަނީ ރަނގަޅުވަމުންކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.
އެމީހުން މޫދަށް ދިޔައީ ޑީއުޓީ އޮފް ވަގުތެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
2 Responses
މިހާރަކަށް އައިސް ކުއްލި މަރު ތައް މި ދަނީ ގިނަ ވަމުން! މި ކަމުން އިބުރަތެއް ހާޞިލްކުރަށްވަވާ!
މިޙާރަކަށް އައިސް ކުއްލި މަރު ތައް މި ދަނީ ވަރަށް ގިނަ ވަމުން! މި ކަމުން އިބުރަތެއް ހާޞިލްނުވޭތޯ!