ސުއޭޒް ކެނަލް ބަންދުވުމުން ދުނިޔޭގެ އިގުތިސާދަށް ބޮޑު ގެއްލުމެއް

Loading

Facebook
Twitter
WhatsApp

ސުއޭޒް ކެނަލަކީ ދުނިޔޭގެ ތެލުގެ %9 އަދި މުޅި ދުނިޔޭގެ ވިޔަފާރީގެ %12 ގެ މުދާ އެއްގައުމުން އަނެއްގައުމަށް ގެންދާ މަގެވެ.

ދިގުމިނުގައި 400 މީޓަރު ހުރި އާގު ބޯޓެއް ސުއޭޒް ކެނެލް ތެރެއަށް ހުރަސްވެ، ސުއޭޒް ކެނެލް ތެރެއިން ދަތުރު ކުރާނެ މަގުވަނީ ބަންދުވެފައެވެ.

ސުއޭޒް ކެނެލްއަކީ އޭޝިޔާ އާއި ޔޫރަޕާ ދެމެދު ވިޔަފާރި ކުރާ ބޯޓުފަހަރު މުދާ އެތެރެކުރާ މައި މަގެވެ. ސުއޭޒް ކެނެލް 1896ގައި ހުޅުވިފަހުން، ސުއެޒް ކެނަލްއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އާގުބޯޓުފަހަރު ދަތުރުކުރާ މައިމަގެވެ. މިއީ ވިޔަފާރީގެ ހައިވޭއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނީ ސުއޭޒް ކެނަލް، ޔޫރަޕާއި ވެސްޓަން ޕެސިފިކާއި އިންޑިޔާ ކަނޑު ގުޅުވައިދެއެވެ.

ދިގުމިނުގައި 193 ކިލޯމީޓަރު ހުރި ސުއޭޒް ކެނަލް ގެ ސަބަބުން ވިޔަފާރި ކުރާ ބޯޓުފަހަރު އެފްރިކާ ވަށާލާފައި ދަތުރުކުރާކަށް ނުޖެހެއެވެ.

މުޅިދުނިޔޭގެ 30 އިންސައްތަ އާގުބޯޓުފަހަރު މުދާ އަރުވައިގެން އެއް ގައުމުން އަނެއްގައުމަށް ދަތުރުކުރުމުގައި ބޭނުން ކުރަނީ ސުއޭޒް ކެނެލްއެވެ.

އެވާރ ގްރީން ނަމަކަށް ކިޔާ ބޯޓެއް މި ކެނަލް ތެރެއަށް ހުރަސްވެ ތާށިވުމާ ގުޅިގެން މި މަގުން އެހެން ބޯޓުފަހަރަށް ދަތުރު ކުރުމުގެ މަގު ވަނީ ވަގުތީ ގޮތުން ބަންދުވެފައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ އިގުތިސާދު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ސުއޭޒް ކެނެލް ބަންދުވުމާ ގުޅިގެން ވިޔަފާރި ވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެއެވެ. ލަފާ ކުރެވޭގޮތުގައި ސުއޭޒް ކެނެލް ބަންދުވެފައި އޮންނަހާ ހިނދަކު، ކޮންމެ ގަޑިއިރަކަށް ޖުމްލަ 400 މިލިއަން ޑޮލަރުގެ ގެއްލުމެއް ދުނިޔޭގެ އިގުތިސާދީ ދާއިރާއަށް ލިބޭނެއެވެ.

 

Loading

One Response

  1. މަންޖޭ ބޯޓުގެ ބޭރުގަ ބޮޑުސިންގާ އަކުރުން ލިއެފަ އެއިންނަނީ ބޯޓަށް ކިއާ ނަމެއްނޫން ނޭގޭހާލު ތިމާއަށް ނޭގޭކަން ވެސް ނޭގުނީމަ ވާނީ މިހެން ތިމާއަށް ނޭގޭކަން އެގިގެންތާ އެހެން މީހެއްގެ ގާތު އަހާލެވޭނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް