ހަތަރު ގައުމެއްގެ މީހުންނާ އިނުން ސައުދީ ފިރިހެނުންނަށް މަނާކޮށްފި

Loading

Facebook
Twitter
WhatsApp

ހަތަރު ގައުމެއްގެ މީހުންނާ ކައިވެނިކުރުން ސައުދީ އަރަބިއްޔާގެ ފިރިހެނުންނަށް މަނާކޮށްފި އެވެ.

ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ސައުދީގެ މީޑިއާތަކުން ބުނީ ސައުދީ ފިރިހެނުން ކައިވެނި ކުރުން މަނާކުރީ ޕާކިސްތާނާއި ބަންގަލަދޭޝް އާއި މިއަންމާގެ އިތުރުން ޗާޑްގެ އަންހެނުންނާ ކަމަށެވެ.

މިހަތަރު ގައުމަކީ ސައުދީ ފިރިހެނުން އެންމެ ގިނައިން ކައިވެނި ކުރާ ގައުމުން ބޭރުގެ އަންހެނުން ނިސްބަތްވާ ގައުމުތަކެވެ. މިހާރު ވެސް މިގައުމުތަކަށް ނިސްބަތްވާ ފަސްލައްކަ އަށްވުރެ ގިނަ އަންހެނުން ސައުދީ ފިރިހެނުންނާއި ކައިވެނިކޮށްގެން އެގައުމުގައި އެބަ ދިރިއުޅެއެވެ.

”މައްކާ ޑެއިލީ“ ނޫހުގައި މައްކާ ފުލުހުންގެ ޑިރެކްޓަރު މޭޖަ ޖެނެރަލް އައްސަފް އަލް-ގްރޭޝީއާ ހަވާލާދީ ބުނެފައި ވަނީ މިއީ ބިދޭސީންނާ ކައިވެނިކުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއް ކަމަށެވެ.

ބިދޭސީ އަންހެނުންނާ ސައުދީ ފިރިހެނުން ކައިވެނިކުރުމުގެ އުސޫލުތައް ހަރުކަށިކުރުމުގެ ގޮތުން ކައިވެންޏަކަށް ފުރަތަމަ އެޕްލައި ކުރެވޭނީ ސަރުކާރުގެ ހުއްދަ ހޯދައިގެން ކަމަށް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. ކައިވެނި ރޫޅުނުތާ ހަ މަސް ނުވާ ފިރިހެނުންނަށް ބިދޭސީ އަންހެނަކާ ކައިވެނިކުރަން ވެސް ހުށައެއްނޭޅޭނެ އެވެ.

ބިދޭސީ އަންހެނަކާ ކައިވެނުކުރަން ބޭނުންވާ ނަމަ އެ މީހަކީ އުމުރުން 25 އަހަރުން މަތީގެ ފިރިހެނަކަށް ވާން ޖެހޭނެ އެވެ. މީގެ އިތުރުން އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާ އިރު އެ މީހަކު ދިރިއުޅޭ ޑިސްޓްރިކްޓް މޭޔަރުގެ ސޮއި އޮންނަން ޖެހޭނެ އެވެ.

Loading

One Response

  1. އެމީހުން ހަނދާން ނެތުނީ ރަސޫލުﷲ ގެ ވަދާޢި ޚުތުބާ. އިންސާނުން ނަސްލީ އިމްތިޔާޒް ގެ އަޅުންނަށް ވެގެން ނުވާނެ ނޫންތޯއެވެ. ސަޢުދީ އަރަބިޔާ މީހަކަށްވީމާ ސުވަރުގެ ދެވޭނެތޯއެވެ. ފްރީ ޓިކެޓެއްގައި ގޮސް ސުވަރުގޭ ރިޒާވް ގަނޑުވަރެއް ސައޫދީ އަދި ކިޔެއްތް ކިތަންމެ ވަރުގަދަ ރަސްކަލަކަށްވެސް ނުލިބޭނެ ނޫންތޯއެވެ. ބޯހަލާކު!

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް