ތުރުކީގެ ފިލްމީ ތަރި އިސްރާ ބިލްގިކް ސައިންސް ކިޔަވަނީ

Loading

Facebook
Twitter
WhatsApp

ގިނަބައެއްގެ ތެރޭގައި މަގުބޫލު ޑްރާމާ ސީރީސް އެއް ކަމުގައިވާ ޑިރިލިސް އެސްޓްރޫގަލްގައި ހަލީމާ ސުލްތާނާގެ ރޯލު ކުޅުނު ފިލްމީ ތަރި ދާދިފަހުން އޭނާގެ ޓުވިޓާރ އެކައުންޓުގައި ކޮށްފައިވާ ޓްވީޓަކުން ގިނަ ބަޔަކު ސިއްސުވައިލައިފިއެވެ.

އިސްރާ ބިލްގިކް އޭނާގެ ޓްވީޓުގައި ބުނެފައިވާ ގޮތުން މިއަދަކީ އޭނާ ސައިންސް ސްކޫލުގައި ކިޔަންފެށި ދުވަހެވެ.

ތުރުކީގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކުޑައިރުއްސުރެވެސް އިސްރާ ބިލްގިކް ސައިންސް މާއްދާއަށް ނުހަނު ޝައުގުވެރިކަން ހުރެއެވެ. ނަމަވެސް މިދިޔަ އަހަރު އިސްތަމްބޫލް ސިޓީ ޔުނިވަސިޓީގައި ލޯ ކިޔަވަން އޭނާ އުޅުނުކަމަށް ވަނީ އިންޓަވިއު އެއްގައި ބުނެފައެވެ. އެހެންކަމުން ކުއްލިއަކަށް ސައިންސް ދާއިރާއަށް ބަދަލުވި ސަބަބަކާމެދު އޭނާއަށް ތާއީދު ކުރާ ގިނަ ބަޔަކު ތިބީ ސުވާލު އުފެދިފައެވެ.

 

Loading

2 Responses

  1. ertugrul season 1 watch online with english subtitles
    އަސްލު މިއީ ބެސްޓު މިހާތަނަށް ބެލުނު. އޮޓަމަން އެމްޕަޔަރ ދުނިޔެއަށް އުފަންވުމަށް ކުރެވުނު ޖިހާދު. ބައްލަވާ ލައްވާ ވަރަށް ބެސްޓް. މިހާރު އެވަނީ ޔޫޓޫންގައި އޮރުދޫ ޑަބިންވެސް ކޮށްފާ އަދި ނެޓްފްލިކްސް ގައިވެސް. ބެސްޓް އޮފް ދަ ބެސްޓް.

  2. އަރަބި ދަހިވެތި ލީޑަަރުން ތަކެއް އިނގިރޭސީން އެމީހުންގެ ބޮލަސް އެރިގެން ބޮޑު ހަނގުރާމަޔަށް ފަހު އުސްމާގެ ޚަލީފާ ފުޑާލުމުގައި ބައިވެރިވީ. ރައްގެފާނުން ތަކަކަށް ބަދަލުކޮށް އާރެއް ބާރެއްނެތް ބަޔަކަށް ޢަރަބި ގައުމުބަހާލީ. އެ އީ މިހާރުގެ އަގެއް ގަދަރެއްނެތް ކަރަޕް އަރަބި އިސްލާމިކް ސިސްޓަމަކީ. އެބަފެނޭނު އެވެރިންގެ ޙާލު.

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް