​ގްރޭޑް އަށަކާއި ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ​މާލެ ސަރަހައްދުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް އަށަކަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 ގެ ކުދިން ސްކޫލަށް އައިސް ކިޔެވުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.

މިމަހު 15 ވަނަ ދުވަހުން މިދިޔަ ބުރާސްފަތި ދުވަހާ ހަމަށް ފެށިގެން ގްރޭޑް 1 އިން 6 ކިވައިދެމުން އައީ އޮންލައިންކޮށެވެ.

ހަމަ މިއާއެކު ​އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ނިންމުން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުންދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ މަތިން، ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެ ކޭސްތަކުގެ އަދަދު 100 އިން މަތީގައި އުޅޭތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

Loading

One Response

  1. އިރާދަކުރެއްވިއްޔާ ދެން މާ ދުވަސްތަކެއް ނުނަގާ ކޮވިޑް19 ގެ މުސީބާރުން ގައުމު ސަލާމަތްވާނެއެވެ. އެންމެންވެސް ފަރުދީ ޒިންމާ އަދާކުރައްވާށެވެ. ޚާއްސަކޮށް ކޮފީ މޭޒުތަކުގައި ސަޅިބައިސާ ކަނޑަން ތިބޭ މީހުންތައް. ޕްލީޒް!

Leave a Reply to މުޙައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް