ރާއްޖެ އިން އިތުރު 5,085 މީހަކަށް ވެކްސިން ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު5,085 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

މިވެކްސިންގެ އިތުރުން ރާއްޖެއަށް މިހާރު ވަނީ އެމެރިކާގެ ފައިޒާ އާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިންވެސް ގެނެސްފައެވެ. އެހެން ނަމަވެސް މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ.

ވެކްސިން ދިން މީހުންގެ ތެރެއިން 3,054 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,588 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. އަނެއް 443 މީހުންނަށް ވެކްސިން ދީފައިވަނީ ރިސޯޓް ތަކުގައެވެ.

މާލެ ސަރަހަށްދުން މިހާތަނަށް 59،077 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 19،623 މީހަކަށް ދީފައި ވާއިރު ސޯޓުތަކުން 1،459 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މިއާއެކު، މުޅި ރާއްޖެ އިން ވެކްސިން ދިން މީހުންގެ އަދަދު 80،159 ވަނީ އަރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް