އެމެރިކާއިން ރުޅިއަތުވެދާނެކަމު ގެ ބިރަށް ޔޫ.އޭ.އީން އެމީހުންގެ އެފްރިކަން މިލިޓަރީ ބޭސް އުވާލައިފިއެވެ.

259

ސެޓެލައިޓް އެނަލަސިސް އަކާއި ގުޅިގެން ޔޫއޭއީން އައްސަބް, އެރިޓްރިއާގައި ހުރި އެމީހުންގެ އެންމެ ފުރަތަމަ މިލިޓަރީ ބޭސްގެ ބައެއް އުވާލަންނިންމައިފިއެވެ. މިބޭސް އުވާލަން ނިންމިއެއްކަމަކު އެމީހުންގެ ބާރުގެ ދަށުގައި އެ ޤައުމުގެ ބޮޑުބައެއް ވާކަން ފާހަގަޮށްލަންޖެހެއެވެ.

އަލަށްވެރިކަމާއި ހަވާލުވެވަޑައިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ގަލްފް ޤައުމުތަކާއި ދެކޮޅަށް ކުރިޔަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމަށް ވައުދުވެ ވަޑައިގެންފައެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައިޑެންގެ ސަރުކާރުން ޔޫ.އޭ.އީ އާއި ސަޢޫދީ އަށް ހަތިޔާރު ވިއްކުން ވަނީ ހުއްޓާލާފައެވެ. މިއާއެކު ޔަމަނުގައި ކުރިއަށްދާ ދާޚިލީ ހަނގުރާމާގައި އެމެރިކާ ބައިވެރި ނުވާނެކަމަށްވެސް އޭގެ ދުވަސްކޮޅެއްފަހުން ބައިޑެން ވަނީ ޢިއުލާނުކޮށްފައެވެ.

ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވެފައިވާތީ ޔޫ.އޭ.އީ އަށް ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ނުރުހުމުގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެހެނީ 2014 ވަނަ އަހަރު ފެށުނު މި ހަނގުރާމައިގައި މިލިއަނަކަށްވުރެ ގިނަ ޔަމަނުގެ އާންމުން މަރުވެ ގިނަ ބަޔަކުވަނީ ހާލުގަޖެހިފައެވެ.

ޔަމަނުގެ ހަނގުރާމަ ކުރިއަށްދާއިރު ގިނަ މުސްލިމު ގައުމުތަކުން އެ ފަނާކުރަނިވި ހަނގުރާމަ ހުއްޓުވުމަށް ބާރުއަޅައިފާ ނުވާކަންވެސް ފާހަގަކުރެވެއެވެ. މުސްލިމް ޤައުމުތަކުގެ ތެރެއިން މިކަމާއި އެންމެބޮޑަށް ނުރުހުން ފާޅުކުރާ އެއްޤައުމަކީ ތުރުކީއެވެ. މުސްލިމް ޤައުމުތަކުން މިކަމާއިދެކޮޅަށް ބަސް ބުނުމަށް ޖެހިލުންވަނީ ސަޢޫދީ އަރަބިއާ އަކީ މުސްލިމުންގެ ބޮޑެތި މައްސަލަތަކުގައި ގޮތްނިންމާ މައި މަރުކަޒު ކަމުގައި ބެލެވިފައިވާތީކަމުގައި ބެލެވެއެވެ.

 

1 ހިޔާލު

  1. އަރަބި ލީގް އަކީ އިސްލާމީދުނިޔެއަށް އޮތް ނިކަމެތިކަމެކެވެ. އެވެރިންގެ އަރަބިޒަމް ފަތުރަންވެގެން އަދި އެމީހުންގެ މަޒުހަބީ ފައިޓް ޖައްސަން އެމީހުން އެމީހުނާވެސް ތިބެނީ ޖެހި ބާރުވެފައެވެ. އިސްލާމީ އުންމަތުގެ ވެރިންނަކީ އަރަބިންކަމުގައި ދެކެ މާތްﷲ އާއި ލޮބުވެތި ރަސޫލުﷲ، ޔައުނީ ގުރުއާން އާއި ރަސޫލާގެނަސްދެއްވު އުސްލާމް ދީނުގެ ހަމަހަމަކަމާއި އެކުވެރިކަން ގަބޫލުކުރާ އެގޮތަށް ޢަމަލުކުރާ ގިނަ އިސްލާމުން އެ ޢަރަބިން ގަބޫލުކުރަން ބޭނުންވަނީ އެމީހުން ޖަހާހާ ބެރަކަށް ނަށާނެ 3ވަނަ ދަރަޖައިގެ އިސްލާމުން ކަމަށެވެ. ވާކަމެއް ހަމަ ޙަރާމެވެ.
    އިސްލާމުން އިސްލާމުންގެ މަދުގައި ފިތުނަ އުފެއްދުމާއި އެމީހުނަށް އަޅުދޭސްވެތި ނުވާފަރާތްތަށް ފުނޑުފުނޑު ކޮށްލުމީ މިބައިގަނޑުގެ ދެކޭ މޮޅުކަމެވެ. އެވެސް އެމެރިކާ ރަޝިއާ އިން ފަނާކުރަނިވި ހަތިޔާރު ގަނެގެން އެމީހުންގެ ފަނާކުރަނެވި އެޖެންޑާގެ ދަށުން ޑިވައިޑް ރޫލް އެވެ. ވިސްނާ ފިކުރުކުރާ އެންމަތަކަށް އިސްލާމީ އުންމަތް އެބަ ވާންޖެހެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ