އެޑިޑާސް އެކުންފުނީގެ ބްރޭންޑެއް ކަމުގައިވާ ރީބޮކް ވިއްކާލުމަށް ތައްޔާރުވަނީ

Loading

Facebook
Twitter
WhatsApp

ޖަރުމަނުގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ އެޑިޑާސް އޭ.ޖީ އިން އެމީހުންގެ ރީބޮކް ބްރޭންޑް ވިއްކާލަން ނިންމައިފިއެވެ. ރީބޮބޮކްބްރޭންޑް ވިއްކާލަން ނިންމާފައިވަނީ ނައިކީ އިންކް އާއި ވާދަ ކޮށް ޔޫ.އެސް ގެ ފިޓްނެސް ލޭބަލް އެެ ބްރޭންޑްއިން ހޯދިތާ15 އަހަރު ފަހުންނެވެ. އޭގެ ފަހުން މިބްރޭންޑަށް ފާހަގަކޮށްލެވޭ ވަރުގެ ކުރިއރުމެއް ހޯދިފައެއް ނުވާކަން ފާހަގަކުރެވެއެވެ.

މިދިޔަ އަންގާރަ ދުވަހު އެޑިޑާސްގެ ތަރުޖަމާނު ވިދާޅުވިގޮތުގައި، ރަސްމީކޮށް ރީބޮކް ބްރޭންޑް އިވެސްޓް ކުރުމުގެ މަސައްކަތާބެހޭ މަޢުލޫމާތު މާރޗް 10 ވަނަ ދުވަހު އާންމުކުރެވޭނެއެވެ. މިއާއެކުގައި ފާއިތުވި އަހަރުގެ ތަފާސް ހިސާބުތައްެވެސް އާންމު ކުރާނެކަމުގައި އޭނާ ބުނެއެވެ. އަދި ރީބޮކް ބްރޭންޑް ދޫކޮށްލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށް އެފަރާތުން މަޢުލޫމާތުދިނެވެ.

2021 ވަނަ އަހަރުގެ މެދުތެރެގައި މިކަން ނިންމާނެކަމަށް އެޑިޑާސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް